twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ހދ ގެ ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތާޒާކުރުމަށް ވޯކްޝޮޕެއް ބާއްވައިފި

Feb 24, 2018

ހދ. އަތޮޅު ހެލްތް ސާރވިސަސް އިން ‘ރިފްރެޝަރ ޓްރެއިނިންގ ވޯކްޝޮޕް ފޮރ ހދ އެޓޯލް’ ގެ ނަމުގައި ވޯކްޝޮޕެއް ކުރިއަށްގެންގޮސްފި އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި ހދ އަތޮޅު ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރައްވާ ސިޔާސީ އިސްވެރިންނާއި މަރުކަޒުތަކުގެ ޒިންމާދާރު ވެރިން އަދި ކޮމިއުނިޓީ ހެލްތް އޮފިސަރުނާއި ފެމެލީ ހެލްތް އޮފިސަރުންގެ އިތުރުން އެޑްމިނިސްޓްރޭޓިވް އޮފިސަރުން ބައިވެރިވިކަމަށް ހެލްތް ސާވިސަސްއިން މައުލޫމާތުދެ އެވެ.

މިވޯކްޝޮޕްގައި ހދ އަތޮޅު ހެލްތް ސާރވިސަސްގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތްތަކާއި ހަދަންޖެހޭ ރިޕޯޓްތައް އެކުލަވާލާނެ ގޮތާއި ބެހޭގޮތުން މައުލޫމާތު ދެވިފައިވެއެވެ. ވޯކްޝޮޕްގައި ހދ ގެ 6 ރަށަކުން 19 މުވައްޒަފުވަނީ ބައިވެރިވެފަ އެވެ.

މިވޯކްޝޮޕްގައި މައުލޫމާތު ދީފައިވަނީ މި ސާރވިސަސްގެ ކޮމިއުނިޓީ ހެލްތް އޮފިސަރުންގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނެވެ. މި ވޯކްޝޮޕްގެ ދެވަނަ ބުރެއް ވަރަށް އަވަހަށް ކުރިއަށްގެންދާނެކަމަށް ހދ ހެލްތް ސާވިސަސް އިން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355