twitterviber whatsapp telegramfacebookyoutube instagram
18th March 2026

ސަރުކާރު ވައްޓާލަން އުޅުންކަމުގެ ތުހުމަތުގައި ކުޅުދުއްފުށިން ފުލުހަކު ހައްޔަރުކޮށްފި

Feb 24, 2018

ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވަނީ އެސްއޯ ފުލުހެއް ކަމަށްވާ އަހުމަދު އާސިމް ހުސެއިން އެވެ.

ކޭއޯއަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭނާ ދިރިއުޅޭ ގޭގައި ހުއްޓަ، ދިހަ ވަރަކަށް ފުލުހުންގެ ގުރޫޕަކު އައިސް އެވެ.

އޭނާ ވަނީ ދާދިފަހުން ވަނީ ގައިދީންތަކެއް ގޮވައިގެން މާލެ ވެސް ގޮސްފަ  އެވެ. އަދި އެ ދަތުރުގައި މާލޭގެ އޮޕަރޭޝަނަށް ނުކުންނަން އެންގުމުން އެ އޮޕަރޭޝަނަށް ނުކުމެ މާލޭގައި ކުރިޔަށް ދިޔަ މުޒާހަރާއެއް ރޫޅާލުމުގައިވެސް އާސިމް ބައިވެރިވެފައިވެ އެވެ.

ނަމަވެސް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު އޭނާއަށް ކުރާ ސަބަބެއް ނޭނގެ އެވެ. އާސިމް އަކީ ކުޅުދުއްފުށީ މީހަކަ އިނދެގެން ކުޅުދުއްފުށީގައި ދިރިއުޅެމުން އަންނަ އެހެން ރަށެއްގެ މީހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355