twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ކުޅުދުއްފުށީގައި ހުރި އެމްޑީޕީގެ ބޮޑުދިދަ ފުލުހުން ބާލައިފި

Feb 25, 2018

ކުޅުދުއްފުށީގައި ބަންޑާރަ މައިދާނުގެ ވެލިގަނޑުގައި އެމްޑީޕީ ނަގާފައި ބޮޑުދިދަ ފުލުހުން ނަގައިފި އެވެ.

ދިދަ ނަގާފައިވަނީ ކޯޓް އަމުރެއްގެ ދަށުން މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ. ކޯޓް އަމުރެއް ދަށުން ފުލުހުން ދިދަ ނެގިއިރު ކޯޓް އަމުރު ދޫކޮށްފައިވަނީ ނޮޅިވަރަމް ކޯޓުން އެވެ.

އެމްޑީޕީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނައިބު ރައީސް އަލީ މުހައްމަދު ވިދާޅުވީ ދިދަ ނަގާފައިވަނީ ކުޅުދުއްފުށީ ކައުންސިލުގެ ހުއްދައާއެކު ކަމަށާއި ނަމަވެސް ދިދަ ނެގުމަށް ކައުންސިލުން 7 ދުވަހުގެ ނޯޓިސްއެއްދީފައި އޮތްވާ މިއަދު ނޮޅިވަރަމް ކޯޓް އަމުރެއްގެ ދަށުން ދިދަ ނަގަން ފުލުހުން ދިޔަ ކަމަށެވެ.

އަލީ ވިދާޅުވީ ކޯޓް އަމުރުގައި އޭނާގެ އައިޑީކާޑް ނަމްބަރެއް ނެތްއިރު ގޭގެ އެޑްރެސްވެސް ޖަހާފައިވަނީވެސް ނުބައިކޮށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355