twitterviber whatsapp telegramfacebookyoutube instagram
31st October 2025

ކުޅުދުއްފުށީ މިސްކިތްތައް ބެލެހެއްޓުމަށް އިސްލާމިކް މިނިސްޓްރީން އެއްވެސް ހަރަދެއް ދީފައެއްނުވޭ !

Feb 25, 2018

އިސްލާމިކް މިނިސްޓްރީގެ ދަށަށް މިސްކިތްތައް ބަދަލުކުރިނަމަވެސް ކުޅުދުއްފުށީގައި ހުރި މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ހަރަދު އެމިނިސްޓްރީން ކައުންސިލަށް ދީފައިނުވާކަމަށް ކުޅުދުއްފުށީ ކައުންސިލުން ހާމަކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން ރޭ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި އެކައުންސިލް ހިންގާދިޔަގޮތުގައި އަހަރީ ރިޕޯޓްގައި އިއްވިއިރު އެެ ރިޕޯޓުގައި ބުނެފައިވަނީ މިސްކިތްތައް އިސްލާމިކް މިނިސްޓްރީގެ ދަށަށް ގެންދިޔަ ނަމަވެސް މިސްކިތްތައް ބެލެހެއްޓުމަށް ބޭނުންވާ ހަރަދު ދީފައިނުވާ ކަމަށެވެ.

އެހެންކަމުގެ ސަބަބުން ކައުންސިލުން ހޯދަން ޖެހޭ ބައެއް ތަކެތި ހޯދުމުގައިވެސް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

ކައުންސިލުން ބުނީ އެހެންނަމަވެސް ހުކުރު މިސްކިތްތައް ހޮނުއެޅުމުގެ ސަބަބުން ލިބުނު ގެއްލުން މަރާމާތުކުރުމަށް މިނިސްޓްރީން ސިފައިންގެ ކުންފުންޏާ ހަވާލުކޮށްފައިވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355