twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކައުންސިލް މާލިއްޔަތަށް ފައިދާނުވާ ގޮތަށް ދިރާގަށް ބިމެއް ދޫކޮށްފައިވާތީ ކަންބޮޑުވުންފާޅުކޮށްފި

Feb 25, 2018

ކުޅުދުއްފުށީގައި ހުންނަ ދިރާގު އޮޕަރޭޝަން ސެންޓަރު ހުންނަ އިމާރާތްގެ ބިން ދޫކޮށްފައިވަނީ ރައްޔިތުން މާލިއްޔާއަށް އެއްވެސް ފައިދާއެއް ނުކުރާގޮތަށް ކަމަށްވާތީ އެކަން އެހެން ކޮށްފައބައެއް ރައްޔިތުން ކަންބޮޑުވުންފާޅުކޮށްފި އެވެ.

ރޭ ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ރައްޔިތެއްގެ  ޝުއުރުފާޅުކުރަމުން ބުނީ ކުޅުދުއްފުށީގައި ހުންނަ ދިރާގު އޮޕަރޭޝަން ސެންޓަރުގެ ބިން، ކައުންސިލުން އެފަރާތްތަށް ދީފައިވަނީ އެއްވެސް ފައިދާއެއް ކައުންސިލް މާލިއްޔަތަށް ލިބޭގޮތަކަށް ނޫން ކަމަށާއި އެހެންވުމުން އެއީ ވަރަށް ބޮޑު މައްސަލައެއްކަން އޭނާ ފާހަގަކުރި އެވެ. އަދި އެތަނުން ކުއްޔެއް ކައުންސިލަށް ލިބޭނެގޮތެއް ކައުންސިލަށް ހޯދާދިނުމަށް އޭނާ އެދުނެވެ.

އެ ސުވާލަކަށް ޖަވާބު ދެއްވަމުން ކައުންސިލްގެ ރައީސް އަބްދުލަތީފް ހަސަން ވިދާޅުވީ ދިރާގު އިމާރާތް އެހުންނަ ބިމުން ކައުންސިލަށް އެއްވެސް ރުފިޔާއެއް ނުލިބޭކަމަށް ވިދާޅުވެފަ އެވެ.  އެހެންނަމަވެސް ދިރާގުގެ އެންޓަނާއެއް ހުރި ބިމުގެ ކުއްޔަށް މަހަކު 800 ރުފިޔާ ކައުންސިލް މާލިއްޔަތަށް  ލިބޭކަމަށެވެ.

ލަތީފް އިތުރަށް ވިދާޅުވީ ބިމުގެ ކުލީގެ ގޮތުގައި އެކިތަންތަނުން ކައުންސިލަށް ލިބެން ޖެހޭ ފައިސާ ހުރި ނަމަވެސް އެކިއެކި ގާނޫނުތަކަށް ވެސް ހުންނަނީ ފުށުއަރާފަކަމަށާއި އެގޮތުން ލާމަރުކަޒީ ގާނޫނު ބުނާގޮތުން ބިމުކުލި ވަންނަން ޖެހޭނީ ކައުންސިލު މާލިއްޔާއަށް ނަމަވެސް މީރާ ގާނޫނު ބުނާގޮތުން ބިމުކުލި ވަންނަޖެހޭނީ މީރާއަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355