twitterviber whatsapp telegramfacebookyoutube instagram
5th October 2026

180 ކުދިންނާއެކު ބަސީރު ސްޕޯޓްސް އެކަޑަމީގެ ފުޓްބޯޅަ ފެސްޓިވަލް ބާއްވައިފި

Feb 26, 2018

ބަސީރު ސްޕޯޓްސް އެކަޑަމީގެ ފަރާތުން ފުޓްބޯޅަ ފެސްޓިވަލް ކުޅުދުއްފުށީގައި ބާއްވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަވީރު ޒޯން ސްޓޭޑިމްގައި ކުރިއަށްގެންދިޔަ މި ފުޓްބޯޅަ ފެސްޓިވަލްގައި އެ އެކަޑަމީގެ 180 ކުދިން ބައިވެރިވި އެވެ.

މި ފުޓްބޯޅަ ފެސްޓިވަލްގައި އުމުރުން 6 ން ފެށިގެން 12 އަހަރާ ދެމެދުގެ ކުދިން ބައިވެރިވިއިރު މިދިޔަ އަހަރު އެ އެކަޑަމީން ހޮވާލެވުނު އެންމެ މޮޅު 12 ކުދިންނަށް ވަނީ ޓްރޮފީ ހަވާލުކޮށްދީފަ އެވެ. އަދި ފެސްޓިވަލްގައި ބައިވެރިވި ކޮންމެ ކުއްޖަކަށް ވަނީ މެޑަލް ދީފަ އެވެ.

ބަސީރު ސްޕޯޓްސް އެކަޑަމީ އިން ބޭއްވި ފުޓްބޯޅަ ފެސްޓިވަލްގެ ތެރެއިން–

ބަސީރު އެކަޑަމީ އިން މައުލޫމާތުދޭ ގޮތުގައި މިއަހަރުގެ ތެރޭގައި ވަކި މުއްދަތަކަށް ބިދޭސީ ކޯޗެއްވެސް އެ އެކަޑަމީއާ ގުޅޭނެ އެވެ.

ބަސީރު ސްޕޯޓްސް އެކަޑަމީގައި 300 އަށްވުރެ ގިނަ ކުދިން ހަރަކާތްތެރިވެ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293