twitterviber whatsapp telegramfacebookyoutube instagram
27th April 2024

ބަންދު ކުރި ތިން ތަނެއް ހުޅުވުމުގެ ހުއްދަ އަލުން ދީފި

Feb 27, 2018

ޕަބްލިކް ހެލްތް ޔުނިޓްގައި ރަޖިސްޓްރީނުކޮށް އަދި ސާފުތާހިރުކަން ކުޑަވުމުންގެ ސަބަބުން ކުޅުދުއްފުށިން ބަންދު ކުރި 7 ތަނުގެ ތެރެއިން 3 ތަން ހުޅުވުމުގެ ހުއްދަ މިއަދު ދީފި އެވެ.

އެގޮތުން އަލުން އުޅުވުމުގެ ހުއްދަ ދީފައިވަނީ 2 ރެސްޓޯރެންޓަކަށާއި އެއް ބޭކަރީއަށެވެ. ހުއްދަ ދީފައިވަނީ ރަނގަޅުކުރުމުގައި އެނގިކަންތައްތައް ރަނގަޅުކުރުމަށް ހދ އެޓޯލް ހެލްތް ސާވިސަސްއަށް ހުށަހެޅުމުންނެވެ..

ހދ އެޓޯލް ހެލްތް ސާވިސަސް އިން ބުނީ މައްސަލަތައް ހައްލުކުރުމުން އަލުން  ހުޅުވުމުގެ ހުއްދަ ދީފައިވަނީ ކެފޭ އެރެކާ (ސަހާމާ)، ފުޑްޕާކް ރެސްޓޯރެންޓް އަދި ބްރެޑް ޕީސް ބޭކަރީއަށް ކަމަށެވެ. އެފަރާތުން އިން ބުނީ ކުރީގެ ސާހާމާ ޕެލަސް އަލުން ހުޅުވާފައިވަނީ މެނޭޖްމެންޓް ބަދަލުކޮށް އެހެންބައެއްގެ މައްޗަށް ރަޖިސްޓްރީ ކޮށްގެން ކަމަށެވެ

ބްރެޑް ޕީސް ބޭކަރީ ބަންދުކުރީ ރަޖިސްޓްރީގެ މައްސަލައެއްގައި ކަން އެނގިފައިވެ އެވެ. އަދި ފުޑްޕާކް ރެސްޓޯރެންޓްގައިވެސް ހުރީ ރަނގަޅުކުރަން ޖެހޭ ވަރަށް ކުދިކުދި މައްސަލަތައްކަންވެސް ހދ އެޓޯލް ހެލްތް ސާވިސަސްއިން ފާހަގަކުރި އެވެ.

މިއަދު ހުއްދަ ދީގެން 3 ތަނެއް ހުޅުވާފައިވާއިރު ބާކީ އިން 4 ތަން ހުޅުވުމުގެ ހުއްދަ އަދި ދީފައެއް ނުވެއެވެ. އެގޮތުން ބާކީ ހުރީ 3 ރެސްޓޯރެންޓާއި އެއް ބޭކަރީ އެވެ. އެއީ ކޮއްތުރޮށި ކެފޭ، ހާބަރ ޓައުން ކޮފީ ޝޮޕް، ރިއަލް ފުޑް ކެފޭ، އަދި އެޗް.އޭ ބޭކަރީ އެވެ.

އިއްޔެ މި 7 ތަން ބަންދުކޮށްފައިވާއިރު ބަންދުކުރި ތަންތަނުގެ ތެރޭގައި ސާފުތާހިރުކަން ކުޑަވެގެން ބަންދުކުރީ ކޮންތަންތަނެއްކަން އެސާވިސަސް އަކުން ހާމައެއް ނުކުރެ އެވެ. އަދި ރަޖިސްޓްރީނުކޮށް ހިދުމަތް ދެމުންދިޔަ ތަންތަނުގެ މައުލޫމާތުވެސް ހާމަކޮށްފައެއް ނުވެ އެވެ.

އަދި ގަވައިދުގެ މަގްސަދަކީ ތަންތަނުގެ ވިޔަފާރި ބަންދުކުރުންނޫ ކަމަށާއި ކޮންމެ ތަނަކީވެސް ސާފުތާހިރު މީހުން ބަލައިގަންނަ ރަނގަޅު ހިދުމަތަކަށް ވުން ކަމަށް ވެސް އެސާވިސަސް އިން ބުނެއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355