ކުޅުދުއްފުށީ ކައުންސިލްގެ ދަށުން ހިންގަމުން އަންނަ ބޮނބިނަރު އުއްފަދާތަނުން ވިއްކާ ބޮނބިކުނޑި ބަސްތާއެއްގެ އަގު ވަރަށް ބޮޑުތަކުން ހެޔޮކޮށްފި އެވެ.
ކުރިން 50ރ އަށް ވިއްކި ބޮނބިކުނޑި ބަސްތާއެއް މިހާރު ވިއްކަމުންދަނީ 30ރ އަށްށެވެ.
ކައުންސިލުން ބުނީ ބޮނބިކުނޑި، ބޮނބިނަރު އުއްފަދާތަން ހުޅުވާފައިހުންނަ ވަގުތުތަކުގައި ލިބެންހުންނާނެ ކަމަށެވެ.
ބޮނބިނަރު މެޝިންގެ ހިދުމަތް ދެނީ ފެމިލީ ބޭކަރީގެ ދެކުނަށް އިންނަ އިމާރާތުގަ އެވެ.