twitterviber whatsapp telegramfacebookyoutube instagram
15th August 2026

ފުނަދޫ އެއާޕޯޓްގެ ބޮޑުބައެއް ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފި

Feb 28, 2018

އަންނަ ޖުލައި މަހުގެ ނިޔަލަސް ފުނަދޫ އެއާޕޯޓްގެ ރަންވޭ، އޭޕްރަން އަދި ޓެކްސީވޭ ހަދަން އެމްޓީސީސީއާއި މިއަދު ހަވާލުކޮށްފި އެވެ.

މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ކުރިކް ރިޒާ އެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޑީއެމްޑީ ރިޒާ ވިދާޅުވީ މި މަޝްރޫއުއަށް ބޭނުންވާ އިކްއިޕްމަންޓް ވެސް މިހާރު އޯޑަރު ދީފައިވާ ކަމަށާއި މި މަޝްރޫއު 105 ދުވަސް ތެރޭގައި ނިންމަން ކަނޑައަޅާފައިވާ ކަމަށެވެ.

މި މަސައްކަތްތަށް 60 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާއިރު ފުނަދޫ އެއާޕޯޓަށް ބޭނުންވާ މުހިންމު ސާމާނު ހޯދަން ފިނޭންސް މިނިސްޓްރީން ވަނީ އިއުލާނު ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355