twitterviber whatsapp telegramfacebookyoutube instagram
27th April 2024

ސްޓްރޯކެއް ޖެހި އެއް ފަރާތް ޕެރަލައިޒްވެފައި، ބޭނުންވަނީ އެހީއެއް !

Mar 1, 2018

ހދ ކުޅުދުއްފުށީ، ދީނާރުގެ އަލީ މުހައްމަދު (މޯޖަރު އަލީ) ދަރުކޮށަށް ވަލުތެރޭގައި ހުއްޓާ ސްޓްރޯކެއް ޖެހި އޭނާގެ ހާލުވަނީ ސީރިއަސްވެފަ އެވެ.

މިދިޔަ އަންގާރަ ދުވަހު ވަލުތެރެއަށް ވެއްޓިފައި އޮތްވާ ފެނިގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނެސް ފަރުވާދިނުމަށްފަހު އޭނާ މިހާރު އޮތީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.

އަލީ މުހަންމަދު ފަރާތުން އޭނާގެ އަންހެން ދަރިޔަކު ބުނީ ބައްޕަ ކުޅުދުއްފުށީ ހޮސްޕިޓަލުން ގެންދިޔައީ އައިޖީއެމްއެޗްއަށް ކަމަށާއި ނަމަވެސް އެތަނުން އޮޕަރޭޝަން ކުރެވެން ނެތް ވާހަކަ ބުނުމުން އޭޑީކޭއަށް ބަދަލުކޮށް އިއްޔެ އިރުއޮއްސި 7 ޖަހާއެހާއިރު ބޮލުގެ އޮޕަރޭޝަނެއްކޮށްފައިވާ ކަމަށެވެ.

އޭނާ ބުނީ ސްޓްރޯކް ޖެހުމުގެ ސަބަބުން ބޮލުގެ އެތެރެއަށް ގިނަ އަދަދަކަށް ލޭ އެޅިފައިވާކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށާއި އަދި ހަށިގަނޑުގެ އެއްފަޅި ހަރަކާތްވެސް ހުއްޓިފައިވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ މައުލޫމާތުދިނެވެ.

އަވަސް މުއްދަތެއްގެ ތެރޭގައި އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ ބައްޕަގެ ފުރާނައަށް ނުރައްކާވެދާނެކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ މިހާރު އޮޕަރޭޝަން ކޮށްފައިވީނަމަވެސް އަދިވެސް ހޭނާރާކަމަށެވެ. އޭޑީކޭއިން އާސަންދަ ނުލިބޭނެކަމަށް އަންގާފައިވާތީ އެކަމަށް ބޮޑު ހަރަދެއް ހިންގާނެތީ އާއިލާއިން ވަނީ އާންމުގެން އެހީތެރިކަމަށް އެދިފަ އެވެ. އާއިލާއަކީ މާލީގޮތުން މާތަނަވަސް ބަޔަކަށް ނުވާތީ އެބޭފުޅަކަށް ވެދެއްވެން އޮތް އެހީއެއް ވުމަށް އާއިލާއިން ވަރަށް ބޮޑަށް އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355