twitterviber whatsapp telegramfacebookyoutube instagram
25th April 2024

ސަރުކާރު އޮތީ ވެއްޓެން ކައިރިވެފައިވާ ދަތަކަށްވެފަ: ލަތީފް

Mar 1, 2018

ވަގުތު ޖެހުމުން ކޮންމެ ކަމެއްވެސް ބަދަލުވާތަން ފެންނަމުންދާކަމަށާއި ސަރުކާރު މިހާރުވަނީ ވެއްޓެން ކައިރިވެފައިވާ ދަތަކަށްވެފައިކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.

އަބުދުލް ލަތީފް މިހެން ވިދާޅުވީ މިރޭ ކުޅުދުއްފުށީ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރު ބަލިކަށިވެފައިވާތަން މިހާރުވެސް ފެނިގެންދާކަމަށް ވިދާޅުވަމުން އަބުދުލް ލަތީފް ވިދާޅުވީ ދަތަކީވެސް އޭގެ އެންމެ ފުރިހަމަގޮތުގައި ވަރަށް ބާރުގަދަ އެއްޗެއް ކަމަށާއި އެހެން ނަމަވެސް އެ ދަތް ވެއްޓެން ކައިރީވީމަ ހެލެމުން ހެލެމުން ގޮސް ވާނުވާނޭނގި ހުއްޓާ ވެއްޓިދާ އެއްޗެއް ކަމަށެވެ.

” މިހާރު މިސަރުކާރު ސިފަވެގެންމިދަނީ ވެއްޓެން ކައިރިވެފައިވާ ދަތެއްގެ ގޮތުގަ.” އަބުދުލް ލަތީފް ވިދާޅުވި އެވެ.

އެ ބައެއްގެ އަނިޔާވެރިކަމުގެ ސަބަބުން މީގެ ކުރިން އަޑުއުފުލަމުންދިޔަ އެއްތައް ބައެއް މިއަދު މިވަނީ އާންމު ރައްޔިތަކަށްވުރެ ވެސް ނިކަމެތި ހާލުގައިކަމަށް އަބުދުލް ލަތީފް ފާހަގަކުރެއްވި އެވެ.

އަބުދުލް ލަތީފް ވިދާޅުވީ އެމްޑީޕީ ކުރާ މަސައްކަތުން ކާމިޔާބު ފެންނަމުންދާތަން ފެންނަކަމަށާއި ހަފްތާއެއް ތެރޭގައިވެސް ރައްޔިތުން ބޭނުންވާ ކަންތައް ފެނިގެން ހިނގާދާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނެއް އިންތިހާބެއް ނުބާވާނެ ކަމަށާއި އިންތިހާބެއް ބާއްވަން ނުވެސް ކެރޭނެކަމަށެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީ ކުޅުދުއްފުށީގެ ގޮފީގެ ނައިބު ރައީސް އަލީ މުހައްމަދު ވިދާޅުވީ މި ފެށުނު މާރޗުމަހުގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރު ވެއްޓޭނެކަމުގެ ޔަގީންކަންދީފަ އެވެ. އަދި ކުރިއޮތްތާ އިދިކޮޅު ހަރަކާތްތައް ކުޅުދުއްފުށީގައި ވަރުގަދަކުރުމަށް އޭނާވަނީ ގޮވާލަފަ އެވެ.

މިޖަލްސާގައި ކުޅުދުއްފުށީގެ ބައެއް ކައުންސިލަރުންނާއި އެޕާޓީއަށް ތާއިދުކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355