twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ކެމްޕަހުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ގޮތްޕެއް އިފްތިތާހްކޮށްފި

Mar 3, 2018

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮތްޕެއް، ޤައުމީ ޔުނިވަސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ޤާއިމުކޮށްފި އެވެ.

ކުޅުދުއްފުށީގައި ހުންނަ ގައުމީ ޔުނިވަސިޓީގެ ކެމްޕަހުގައި މިކަމަށްޓަކާ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ކުޅުދުއްފުށީ ކެމްޕަހުގެ ޔޫނިއަން ގޮފީގެ ހިންގާ ކޮމިޓީގެ މެމްބަރުންނަށް މަގާމުގެ ހަވާލުކޮށްދެއްވީ ބީއެމްއެލް ކުޅުދުއްފުށީ ބުރާންޗްގެ މެނޭޖަރު އައިޝަތު އަބުދުލް ރަހީމެވެ.

މި ރަސްމިއްޔާތުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީގެ ހަޒާންދާރު އަބްދުﷲ ޝަހުނީޒް، ސެކްރެޓަރީ އަނާ އަހުމަދު އަދި އެމް.އެން.ޔޫ.އެސް.ޔޫ އެޑްވައިޒަރީ ބޯޑުގެ މެންބަރު ހުސައިން އަލީ ބައިވެރިވެލެއްވި އެވެ.

މި ރަސްމިއްޔާތުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ސެކްރެޓަރީ އަނާ އަހުމަދުގެ އިތުރުން، ކުޅުދުއްފުށީ ކެމްޕަހުގެ ގޮފީގެ ރައީސާ ޝިއުނާ އަޙުމަދު އަދި ޝަރަފްވެރި މެހެމާނާ  އާއިޝަތު އަބްދުއްރަހީމް ވާހަކަ ދައްކަވާފައިވެއެވެ.

ކުޅުދުއްފުށީ ކެމްޕަހުގެ ސްޓޫޑަންސް ޔޫނިއަންގެ ގޮފި އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތު–ފޮޓޯ: އެމްއެންޔޫ

ހުކުރުދުވަހުގެރޭ ކުޅުދުއްފުށީ ކެމްޕަހުގެ ގޮފި އިފްތިތާހް ކުރެވުނު ހަމަ އެރޭ އެމް.އެން.ޔޫގެ ގަން ކެމްޕަހުގައި “އަހުރަ” ގޮފީގެ 2 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އާއި، ތިނަދޫ ކެމްޕަސް އަދި ހިތަދޫ ކެމްޕަހުގައިވެސް މުޅިން އަލަށް އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފިތައްވަނީ ޤާއިމުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355