އަމީރު އަމީން ސްކޫލުގެ މަސައްކަތު ދުވަސް ބާއްވައިގެން ބެލެނިވެރިން ، 75،546ރ ހޯދައިދީފި އެވެ.
އެ ސްކޫލުގެ ޕީޓީއޭ އިން އިންތިޒާމުކޮށްގެން އިއްޔެ ކުރިއަށްގެންދިޔަ މި ހަރަކާތުން ހޯދި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ދަރިވަރުންނާ ގުޅުން ހުރި ކަންކަމަށް ހަރަދުކުރުމަށެވެ.
ކުލާސްތަކުގެ މެދުގައި ކުރިއަށްގެންދިޔަ މިހަރަކާތުން އެންމެ ގިނަ ރުފިޔާ ހޯދި ކުލާސް ފާހަގަކޮށް، ވަނަ ހޮވާފައިވެ އެވެ.
އެގޮތުން އެންމެ ގިނަ ރުފިޔާ ހޯދައިގެން އެއްވަނައަށް ހޮވިފައިވަނީ ނާސަރީ-2 އެވެ. އެކުލާހުން 9600ރ ހޯދައިފައިވެ އެވެ. 8195ރ ހޯދައިގެން ދެވަނައަށް ގޮސްފައިވަނީ ބޭބީ ނާސަރީ -2 އެކެވެ. 6465ރ ހޯދައިގެން ތިންވަނައަށް ހޯދާފައިވަނީ ބޭބީ ނާސަރި-7 އެކެވެ.
ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ އަމީރުއަމީން ސްކޫލްގައި މިއަހަރު 317 ކުދިން ތައުލީމް ހާސިލްކުރެ އެވެ.