twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ވައިކަރަދޫ ކައުންސިލް ޤުރުއާން މުބާރާތް ބާއްވައިފި

Mar 4, 2018

ހދ ވައިކަރަދޫ ކައުންސިލްގެ ޤުރުއާން ކިޔެވުމުގެ މުބާރާތް ބާއްވައިފި އެވެ.

މާރޗް 1 އިން 2 އަކަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި ދެ ގޮފިން 72 ކުއްޖަކު ކިޔަވާފައިވެ އެވެ.

އެއީ ބަލައިގެން ކިޔެވި ގޮފިން 52 ދަރިވަރަކާއި ނުބަލައި ކިޔެވި ގޮފިން 20 ދަރިވަރެކެވެ.

މިމުބާރާތުގެ ދެ ގޮފިން އެންމެ ރަނގަޅު 15 ދަރިވަރުން ވަނީ ހދ އަތޮޅު ޤުރުއާން މުބާރާތައް ހޮވާފަ އެވެ. އެއީ ބަލައިގެން 8 ދަރިވަރަކާއި ނުބަލާ 7 ދަރިވަރެކެވެ.

ހދ އަތޮޅު ޤުރުއާން މުބާރާތުގެ ފާއިތުވެދިޔަ ހަތަރު އަހަރުވެސް ކާމިޔާބުކޮށްފައިވަނީ ވައިކަރަދޫއިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355