twitterviber whatsapp telegramfacebookyoutube instagram
26th May 2025

ބެސްޓްބަޑީ އިން އަފީފުއްދީން ސްކޫލަށް ދިހަހާސް ރުފިޔާގެ ތަކެތި ހަދިޔާކޮށްފި

Mar 4, 2018

ކުޅުދުއްފުށީގައި ހިންގާ ބެސްޓްބަޑީ ފިހާރައިން އަފީފުއްދީން ސްކޫލަށް 10،000 ރުފިޔާގެ ތަކެތި ހަދިޔާކޮށްފި އެވެ.

ބެސްޓްބަޑީ އިން އަފީފުއްދީން ސްކޫލަށް ހަދިޔާކޮށްފައިވަނީ 20 ފުޓްބޯލް ޓްރޮފީ އާއި ޕޯޓަބަލް ސްޕީކަރު ސިސްޓަމެކެވެ. މިތަކެތީގެ އަގު 10،000ރ އަށް އަރަ އެވެ.

ބެސްޓްބަޑީގެ ފަރާތުން އަފީފުއްދީން ސްކޫލަށް ތަކެތި ހަދިޔާކުރަނީ–

މިތަކެތި ހަވާލުކުރުމަށް މިރޭ އަފީފުއްދީން ސްކޫލް ބޭއްވި ރަަސްމިއްޔާތުގައި ބެސްޓްބަޑީގެ ފަރާތުން މިތަކެތި ސްކޫލާއި ހަވާލުކޮށްދެއްވީ ބެސްޓްބަޑީގެ އެއް ހިއްސާދާރު މަރިޔަމް މުހައްމަދެވެ. އަފީފުއްދީންގެ ފަރާތުން ތަކެއްޗާއި ހަވާލުވެލެއްވީ އެސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ.

މިހަފްލާގައި ވާހަކަދައްކަވަމުން ބެސްޓްބަޑީގެ އެއް ހިއްސާދާރު އިބުރާހިމް ރަޝީދު ވިދާޅުވީ ބެސްޓްބަޑީގެ އަބަދުވެސް މަސައްކަތްކުރަނީ ސްކޫލްތަކާއި ގުޅިގެން ވަރަށް ގާތްކޮށް ކަމަށާއި އަމާޒަކީ ސްކޫލްތަކަށް ވެދެވެން އޮތް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. މިތަކެތި އަފީފުއްދީން ސްކޫލަށް ހަދިޔާކުރެއްވީތީ އެސްކޫލްގެ ޕްރިންސިޕަލް ވަނީ ބެސްޓްބަޑީގެ ވެރިންނަށް ޝުކުރުއަދާކުރައްވާފަ އެވެ.

ބެސްޓްބަޑީ އިން އަފީފުއްދީން ސްކޫލަށް ތަކެތި ހަދިޔާކުރަން މިރޭ ބޭއްވި ހަފްލާގައި ބެސްޓްބަޑީގެ އޯނަރު އިބުރާހިމް ރަޝީދު ވާހަކަދައްކަވަނީ–

ބެޓެރީ ބައިސްކަލާއި ރަށު ޕިކަޕްގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާދާއިރާގެ ކުރަމުން އަންނަ ބެސްޓްބަޑީ ފިހާރައިން މިދިޔަ އަހަރުވެސް ވަނީ ކުޅުދުއްފުށީގައި ހުންނަ ދެ ސްކޫލްކަމަށްވާ އަމީރު އަމީން ސްކޫލަށާއި ހދ އަތޮޅު ތައުލީމީ މަރުކަޒަށްވެސް ތަކެތި ހަދިޔާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355