twitterviber whatsapp telegramfacebookyoutube instagram
28th March 2024

މިފޮޓޯތައް ސަމާލުކަން ހޯދައިފި، އެތައް ބައެއްގެ ތައުރީފު !

Mar 6, 2018

ރަށެއްގެ ގޮނޑުދޮށުން ކުދިންތަކެއް ނަމާދުކުރަން ތިބި ފޮޓޯތަކެއް މީސް މީޑިއާގައި މީހުންގެ ސަމާލުކަން ހޯދަމުން އަންނަތާ ދެ ދުވަހެއްވަނީވެފައި އެވެ. ނަމާދުކުރަން ތިއްބަ ފެންނަ އެ ފޮޓޯތަކުގައި ގިނަ އަދަދަކަށް ދެ ޖިންސްގެ ކުދިންނާއި ބޮޑެތި މީހުންވެސް ފެނެ އެވެ. މިފޮޓޯތައް މީސް މީޑިއާގައި ވައިގަ ހިފާ ގިނަ ބައެއްގެ ތައުރީފް ދަނީ އޮހެމުންނެވެ.

މި ފޮޓޯތަކަކީ ހދ ވައިކަރަދޫގައި ހުންނަ ހދ އަތޮޅު މަދަރުސާގެ ދަރިވަރުންނާއި ހުރިހާ މުވައްޒަފުންނާއެކު މިދިޔަ ހޮނިހިރުދުވަހު ދިޔަ ޕިކްނިކް ދަތުރެއްގެ ފޮޓޯތަކެކެވެ. މިދަތުރަކީ މިހާތަނަށް އެރަށުގައި އެންމެ ގިނަ މީހުން ބައިވެރިވި ދަތުރެވެ.

ސްކޫލުގެ ކުޅިވަރު ހަރަކާތްތަކެއް ނިންމާލުމަށްފަހު އެކަން ފާހަގަކުރުމުގެ ގޮތުން ދިޔަ މި ޕިކްނިކްގައި ސްކޫލުގެ މުޅި ކޮމިއުނިޓީ ބައިވެރިވި އެވެ.

ހދ އަތޮޅު މަދަރުސާގެ ދަރިވަރުންނާއި މުވައްޒަފުން ޕިކްނިކެއްގެ ތެރެއިން ގޮނޑުދޮށުގައި ނަމާދުކުރަނީ، ދަރިވަރުންނަށް ނަމާދުކުރުމަށް ބާރު އަޅާ އަމަލީގޮތުން ނަމޫނާ ދައްކާ ސްކޫލެއް–

ހދ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް މުހައްމަދު ހިލްމީ ކޭއޯއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މި ޕިކްނިކް ދަތުރުގައި ސްކޫލު ކޮމިއުނިޓީ އެއްކޮށް ބައިވެރިވި ކަމަށެވެ. އޭނާ ވިދާޅުވީ ޕިކްނިކް ގޮސް ކުދިންތައް ދޫކޮށްލުމުގެ ބަދަލުގައި ޝެޑިއުލްއެއް ރާވާ ހުރިހާކަމެއްވެސް ކުރިއަށްގެންދިޔައީ ޝެޑިއުލްގެ ދަށުން ކަމަށެވެ.

އޭނާ ވިދާޅުވީ މެންދުރު ނަމާދު ވަގުތު ޖެހުމުން ހުރިހާ ދަރިވަރުންނާއި މުވައްޒަފުން ޖަމާއަތުގައި އެތަނުގައި މެންދުރު ނަމާދުކުރީ ކަމަށެވެ.

” ދީނުގައި ފަރުޞް ކުރައްވާފައިވާކަމަށްވާތީ ކުދިންނަށް ރީތި ނަމޫނާ ދެއްކުމުގެ ގޮތުން އަޅުގަނޑުމެން ޝެޑިއުލްކުރާއިރު ނަމާދު ގަޑީގައި ނަމާދުކުރާގޮތަށް ހަމަޖައްސާފައި އޮންނާނީ އަބަދުވެސް.” ހިލްމީ ވިދާޅުވި އެވެ.

ހިލްމީ ވިދާޅުވީ ދަރިވަރުން ލައްވާ ނަމާދުކުރުވުމާއި އެކަމަށް ބާރުއެޅުމަކީ ސްކޫލުން ވަރަށް އިސްކަންދޭ ކަމެއް ކަމަށާއި ހިލްމު އުނގަނައިދޭއިރު އެފަދަ ކަންކަމުގައި ދަރިވަރުންނަށް ނަމޫނާ ދައްކަން ޖެހޭނީ ސްކޫލުން ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ދަރިވަރުން ލައްވާ ނަމާދުކުރުމަށް ވަރަށް ބޮޑަށް އިސްކަންދޭކަމަށް ހިލްމީ ވިދާޅުވި އެވެ.

ހދ އަތޮޅު މަދަރުސާގެ ދަރިވަރުންނާއި މުވައްޒަފުން ޕިކްނިކެއްގެ ތެރެއިން ގޮނޑުދޮށުގައި ނަމާދުކުރަނީ، ދަރިވަރުންނަށް ނަމާދުކުރުމަށް ބާރު އަޅާ އަމަލީގޮތުން ނަމޫނާ ދައްކާ ސްކޫލެއް–

 

” އަޅުގަނޑުމެންގެ އިވެންޓްތަކުގައި ނަމާދު ގަޑިތަކާއި ދިމާވަންޏާ އެގޮތަށް ހަމަ ޝެޑިއުލްކުރެވިގެން ހުރިހާ ކުދިން ލައްވާ ނަމާދުކުރުވާ ގޮތަށް އޮންނާނީ، އޭރުން އެ ސަގާފަތް ކުދިންގެ ކިބައިގަ ހަރުލާ ކުދިންނަށް އެކަން ދަސްވެގެންދާނީ ސްކޫލު ތެރެއިންވެސް އެކަން ޕްރެކްޓިކްސް ކުރެވިގެން.” ހދ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޫލުގެ ރަސްމީ ގަޑިތަކުގައިވެސް ދަރިވަރުންނަށް ލައްވާ ނަމާދުކުރުވާ ކަމަށެވެ. އެ ސަގާފަތް ވަރަށް ކުރިންސުރެ އެ ސްކޫލުގައި އޮންނަކަންވެސް އޭނާ ފާހަގަކުރި އެވެ. ވައިކަރަދޫގައި ހުންނަ ހދ އަތޮޅު މަދަރުސާގައި މިއަހަރު 201 ދަރިވަރަކު ތައުލީމް ހާސިލުކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355