އަފީފުއްދީން ސްކޫލްގެ އިންޓަރ ހައުސް ޤުރުއާން ކިޔެވުމުގެ މުބާރާތް ޣާޒީ ހައުސް ހޯދައިފި އެވެ.
ޤުރުއާން މުބާރާތުގެ ނަތީޖާފާޅުކުރުމަށް މިއަދު މެނދުރުފަހު އެސްކޫލުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ހާއްސަ ވަނަތަކަށް ދިޔަ ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ސެންޗޫރިއަން ޕަބުލިކް ލިމިޑެޓްގެ ޑިރެކްޓަރު ނަހީޒް އަހުމަދު ސައީދެވެ.
މިމުބާރާތުގެ ދެ ވަނަ ހައުސްގެ މަގާމު ފަރީދީ ހައުސް ހޯދިއިރު ތިންވަނަ ލިބިފައިވަނީ މަޖީދީ ހައުސް އަށެވެ.
މުޅި މުބާރާތުން ބަލައިގެން ކިޔެވި ގޮފިން އެއްވަނަ ހޯދާފައިވަނީ އަމަތުﷲ އަލީ އެވެ. ދެ ވަނަ މުހައްމަދު ނަފިޒްއަށް ލިބިފައިވާއިރު ތިންވަނަ ލިބުނީ އަހުމަދު ހަމްދާން މުހަންމަދަށެވެ.
ނުބަލައި ކިޔެވި ގޮފިން މުޅި މުބާރާތުން އެއްވަނަ އާމިނަތު އިބާ އާދަމް ހޯދިއިރު ދެވަނަ ހޯދާފައިވަނީ އައިޝަތު ހަނާން ހަސަން އެވެ. އަދި އެ ގޮފިން ތިންވަނައަށް ގޮސްފައިވަނީ ފާތުމަތު ޒަހުރާއު އިބުރާހިމެވެ.
މިމުބާރާތުގައި ވަނީ ރަށު ފެންވަރުގައި ބާއްވާ ޤުރުއާން ކިޔެވުމުގައި މުބާރާތުގައި އަފީފުއްދީން ސްކޫލް ތަމްސީލްކުރާނެ ދަރިވަރުންވެސް ހޮވާފަ އެވެ.