މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ފިނޭ އިން ނެރެން ތައްޔާރުކޮށްފައިވަނީ 24 އަހަރުން ދަށުގެ ޒުވާން ޓީމެކެވެ.
މުބާރާތަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ކޭއޯއަށް މައުލޫމާތުދެމުން ފިނޭ ޓީމުގެ ކޯޗު އާދަމް އަބުދުލް ސައްތާރު ވިދާޅުވީ މުބާރާތަށް ޓީމް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފަކަމަށެވެ.
އޭނާ ވިދާޅުވީ ޓީމުގައި ރަށުން ބޭރުން ހަތަރު ކުޅުންތެރިން ޓީމުގައި ހިމެނޭއިރު މިއީ މިމުބާރާތުގައި ވާދަކުރާ އެންމެ ޒުވާން ޓީމަށް ވެގެންދާނެކަމަށެވެ.
24 އަހަރު ދަށުގެ ޒުވާން ޓީމެއް ނަގައިފައިވާއިރު އަމާޒަކީ ފިނޭ ޓީމު ވާދަކުރާ ގުރޫޕުން ފައިނަލަށް ދިއުން ކަމަށް އާދަމް ވިދާޅުވި އެވެ. މުބާރާތް ދެ ފަހަރަށް ފަސްކުރުމުން ފިނޭ ޓީމަށްވެސް ގެއްލުންތަކެއް ލިބުނުކަމަށާއި އެގޮތުން ޓީމުގެ މުހިންމު ކުޅުންތެރިންނަށް ރިލީޒް ނުލިބުމުގެ ސަބަބުން ޓީމާ ވަކިވާން ޖެހުނުކަމަށް އޭނާ ވިދާޅުވި އެެވެ.
ހަނިމާދޫ ދަނޑުގައި މިއަދު ހަނިމާދޫއާ ދެކޮޅަށް ނިކުންނަށްއިރު އާބާދީގެ ގޮތުން ކިއްތަމެއް ކުޑަނަމަވެސް ހަނިމާދޫއަށް ރަނގަޅު ފައިޓެއްދޭނެކަމަށް ފިނޭ ޓީމުގެ ކޯޗުން އާދަމް ވިދާޅުވި އެވެ. ހަނިމާދޫ ދަނޑާމެދު ހިތްހަމަ ނުޖެހުންތަކެއް ހުރިނަމަވެސް މުބާރާތުގައި ފިނޭ ޓީމް ކުރާ އުންމީދު ބޮޑެވެ.
ފިނޭއަކީ ހދ އަތޮޅުގައި އޮތް އެންމެ އާބާދީ ކުޑަ ރަށެވެ.