twitterviber whatsapp telegramfacebookyoutube instagram
16th September 2019

ފިނޭ ކޮޅަށް ހަނިމާދޫއިން ލަނޑު ގޯންޏެއް !

Mar 7, 2018

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަނިމާދޫ އާއި ފިނޭ ބައްދަލުކުރި ފޯރިގަދަ މެޗުން 10-01 ތަފާތު ބޮޑު ނަތީޖާއަކުން ހަނިމާދޫ މޮޅުވެއްޖެ އެވެ.

މިއަދު ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގައި ހަނިމާދޫ ޓީމުގެ ކުޅުންތެރިންވަނީ ވަރަށް ހުނަރުވެރި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިމެޗުގައި ހަނިމާދޫ ގޯލް ހުޅުވާލަދިނީ އެއް ތިރީސް ވަނަ މިނެޓްގައި އަލީ ހުސެއިން އެވެ. މިމެޗުގައި އަލީ ހުސެއިން ވަނީ ހަތަރު ގޯލް ޖަހާދީފަ އެވެ. ހަނިމާދޫ ޓީމަށް އިތުރު ލަނޑުތައް

ޖަހާދީފައިވަނީ މުހަންމަދު، އާސިފް ސަލީމް، މުހައްމަދު އަބުދުލް ރައޫފް، އަދި އަހުމަދު އަފްރާހް އެވެ. މީގެ ތެރެއިން އާސިފް އާއި އަފްރާހް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހާދީފަ އެވެ.

މިމެޗުގައި ފިނެއަށް ޖަހަދިން ހަމައެކަނި ގޯލް ޖަހާދީފައިވަނީ މެޗުގެ 73 ވަނަ މިނެޓްގެ ތެރޭގައި މުހައްމަދު ޔާމީން އެެވެ.

މިމެޗުގެ ބަލާލުމަށްޓަކާ ހަނިމާދޫގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވަނީ ދަނޑަށް ވަދެފަ އެވެ. މިމުބާރާތުގެ ހަނިމާދޫ ގުރޫޕްގައި މާދަމާ ބައްދަލުކުރާނީ ނެއްލައިދޫ އާއި ނޮޅިވަރަމެވެ. ކުޅުދުއްފުށީ ގުރޫޕްގައި މާދަމާ ފަށާ ފުރަތަމަ މެޗުގައި ވާދަކުރަނީ ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355