twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކޮލަމް އޮޅުވާލުން: ކޮންމެ އަތޮޅަކަށް ހުޅުމާލެއެއް ނޫން، ހުރިހާ ރައްޔިތުން ހުޅުމާލެއަށް !

Mar 17, 2018

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށްޓަކައި އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ރަށް ހުޅުމާލެ ފެންވަރަށް ތަރައްގީކޮށް ކޮންމެ އަތޮޅަކުންވެސް އެކަށީގެންވާ މުހިންމު ހިދުމަތްތަކެއް އެރަށެއްގައި ގާއިމުކުރެވިގެންދާނެ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ނިމެން އަހަރަކަށްވުރެ ކުޑަތަންވެފައިވާއިރުވެސް ވޯޓް ހޯދުމަށްޓަކައި ރައީސް ޔާމީން ރައްޔިތުންނަށް ވިއްކި “ކޮންމެ އަތޮޅަކަށް ހުޅުމާލެއެއްގެ” ވައުދުވީ ހިސާބެއްވެސް ނޭނގެ އެވެ. ވެރިކަން ލިބުނު ހިސާބުން މިއަދާއި ހަމައަށް އައިއިރުވެސް އެވައުދުވީ ތަނެއްވެސް އެނގޭނެހެނެއް ހިއެއްނުވެ އެވެ. ދައުލަތުގެ މިނިސްޓަރެއްވެސް އަދި ސަރުކާރުގެ އިސް ބޭފުޅެއްގެ ފަރާތުންވެސް މިވާހަކަ ދައްކާލާ އަޑެއް ނީވެ އެވެ. ދެއިރު ދެ ދަޅައަށް ޓީވީއަށް އަރައި ތިބެގެން ދައްކަނީ ހުޅުމާލެ ތަރައްގީކުރާ ވާހަކަ އެވެ. ރަށްރަށުގައި އަޅަން ފަށާފައިހުރި ރޯހައުސްތަކުގެ މަޝްރޫއުތައް ފައިސާ ނެތިގެން ހުއްޓި ކުރިއަށް ނުގޮސްފައިވާއިރު ހުޅުމާލެއިން ފެންނަމުންދަނީ މުޅިން އެހެން މަންޒަރެކެވެ.

ހަމައެކަނި ކުޅުދުއްފުއްޓަށް ބަލާލި ކަމުގައި ވީނަމަވެސް ފެންނަނީ އެ މަންޒަރެވެ. ކުޅުދުއްފުށީގައި ކުރީގެ ސަރުކާރުން އަޅަންފެށި ރޯހައުސްތައް ހުރީ ހުރި ގޮތަށެވެ. އޭރު ނިންމާފައި ހުރި ގެތަކަށް މީހުންނަށް ވަދެވޭނެ ދުވަހެއް އަދި ނޭގެއެވެ. ހަމަ އެގޮތަށް ހުޅުމާލެއިން ބޮޑު ބިމެއް ހިއްކައި އި ސަރަހައްދުގެ މަގުތައް އެހެރަދަނީ ނިންމަމުންނެވެ. ކުޅުދުއްފުށީގައި ހިއްކި ބިން ތަރައްޤީކުރުން އެއްކިބާގައި ބާއްވާފައި އެތަން ހިމާޔަތް ކުރުމުގެ މަސައްކަތެއް ވެސް ކޮށްފައެއް ނުވެއެވެ. މިހެން ގޮސް އެތައް ކަމެއް ހުރީ ހުއްޓިފައެވެ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށް ވާޒީފާގެ ފުރުޞަތުތައް އެތައް ގުނައަކަށް އިތުރު ވެއްޖެ ހެއްޔެވެ؟ ރަށުން ގޯތި ދޫނުކުރާއިރު އެންމެ ފްލެޓެއް ވެސް ކުޅުދުއްފުށީގެ ބިމުގައި އަޅާލި ހެއްޔެވެ؟

މުޅި ރާއްޖެއަށް ލިބޭހާ އާމްދަނީއަކުން ހުޅުމާލޭގައި ބިޔަ ޕްރޮޖެކްޓްތައް ހިންގާ މަންޒަރު ކޮންމެ ގަޑިއަކު އެއްފަހަރު ދައުލަތުގެ ޓީވީން ދައްކައެވެ. މުޅިންވެސް ފެންނަނީ ރާސްޓަސް ކިޔާފަ އަރައި ބޮޑެތި އިމާރާތްތަކާއި ކުރީގެ ސަރުކާރުތަކުން އަތޮޅުތެރޭގައި އަޅަން ނިންމާފައިވާ ހައުސިންގ މަޝްރޫއުތައް ހުޅުމާލެއަށް އަނބުރާލައި ހަމައެކަނި ހުޅުމާލެ ތަރައްގީކުރާ މަންޒަރެވެ. މުޅި ރާއްޖެއަށް ލިބޭހާ އަމްދަނީއަކުން ހުޅުމާލެ އެކަނި މި ތަރައްގީކުރާނީ ކީއްވެ ބާ އޭ ހިތަށް އަރަ އެވެ. ހަމަ ޔަގީންވެސް އިންތިހާބު ދުވަސްވަރު ވޯޓް ހޯދާކަށް ރައީސް ޔާމީނެއް ހުޅުމާލެއަކަށް ވަޑައެއްނުގަންނަވަ އެވެ. އަދި ކިއެއްތަ ހުޅުމާލޭގެ ރައްޔިތުންނަށް ވައުދެއްވެސް އެމަނިކުފާނު ވެވަޑައިގެންފައިވާކަމަށް ނުވެ އެެވެ.

އަނެއްކާވެސް އިންތިހާބު މިވަނީ ބޯމަތިވެފައި އެވެ. ސަރުކާރުގެ މަތީ ފެންވަރުގެ އެކި ޓީމުތައް ދަނީ ރަށްރަށަށް ޒިޔާރަތްކުރަމުންނެވެ. ރައީސް ޔާމީންނަށް ކެމްޕެއިން ކުރުމަށް ނިކަން ފޯރީގައި ތައްޔާރުވަމުންނެވެ. ރައީސް ޔާމީންގެ ސަރުކާރުން ވޯޓް ހޯދުމަށް ރަށަކަށް އަތުވެއްޖެނަމަ އެ ރަށެއްގެ ރައްޔިތުންވެސް ނިކަން މިކަމާ ސުވާލުކޮށްލަބަލާށެވެ. ތިމަންނާމެންގެ އަތޮޅަށްވީ ހުޅުމާލެ ކޮބާތޯ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355