twitterviber whatsapp telegramfacebookyoutube instagram
21st January 2020

ދެ މެޗުން ބަލިވެ ކުމުންދޫ ގުރޫޕްގެ ފުލަށް، ފައިނަލުގެ ދެ ވަނަ ޖާގަ ނޮޅިވަރަންފަރަށް !

Mar 15, 2018

މިނިވަން ޗެމްޕިއަންޝިޕް 2018 ގައި ކުޅުނު ދެ މެޗުންވެސް ބަލިވެ ކުމުންދޫ ގުރޫޕްގެ ފުލަށް ހިނގައްޖެ އެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ނޮޅިވަރަމްފަރާ ދެކޮޅަށް ކުޅުނު މެޗުން ކުމުންދޫ ބަލިވީ 5-0 ގެ ނަތީޖާ އަކުންނެވެ. މި ނަތީޖާއާ އެކު ފައިދާ ގޯލުގެ ތަފާތުން ނޮޅިވަރަމްފަރު ވަނީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ކުޅުދުއްފުށި އަދި ނޮޅިވަރަމްފަރަށްވެސް 4 ޕޮއިންޓް ލިބިފައިވާއިރު ކުޅުދުއްފުށި މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ނޮޅިވަރަމްފަރަށް ވުރެ ފައިދާ ގޯލު މަދުވުމުންނެވެ.

މި މުބާރާތަށް ތިން ވަނަ ޑިވިޝަންގެ ގިނަ ކުޅުންތެރިންތަކަކާއެކު ނުކުތް ކުމުންދޫއަށް މި މުބާރާތުގައި އެއްވެސް ގޯލެއް ކާމިޔާބު ކުރެވިފައި ނުވާއިރު ބައިކޮޅަށް 7 ގޯލު ވަދެފައިވެ އެވެ.

ހދ އަތޮޅު ރައުންޑްގެ އަނެއް ގުރޫޕުން 7 ޕޮއިންޓާއެކު ހަނިމާދޫ ވަނީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ނޮޅިވަރަމަށްވެސް 7 ޕޮއިންޓް ލިބުނު ނަމަވެސް ފައިދާ ގޯލުގެ ތަފާތުން މުބާރާތުން ކަޓާފައިވާއިރު މި ގުރޫޕްގެ ފުލަށް ގޮސްފައިވަނީ ފިނޭ އެވެ. ފިނޭއަށް އެއްވެސް ޕޮއިންޓެއް ލިބިފައިނުވާއިރު ނެއްލައިދޫ އިން ތިން ވަނަ ހޯދީ 3 ޕޮއިންޓާ އެކު އެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި ހަނިމާދޫ އަދި ނޮޅިވަރަމްފަރު ބައްދަލު ކުރާއިރު މެޗު އޮންނާނީ 18 މާރިޗު 2018 ވާ އާދީއްތަ ދުވަހު ހަނިމާދޫ ރަސްމީ ބޯޅަ ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355