twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދިރާގާއި ޕާލޭ މޯލްޑިވްސް ގުޅިގެން ދެ ސްކޫލުގައި ގައި ފޮ ދަ އޯޝަން ޕްރޮގްރާމް ހިންގައިފި

Mar 17, 2018

ދިރާގާއި ޕާލޭ މޯލްޑިވްސް ގުޅިގެން ދެ ސްކޫލްގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުމުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ދަރިވަރުންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ބާއްވާއިފިއެވެ.

މި ޕްރޮގްރާމު ހިންގާފައިވަނީ ޣާޒީ ސްކޫލުގައި އަދި ކަލާފާނުސްކޫލްގައެވެ. މި ސެޝަންތަކުގައި ޑރ. އަޒީޒް ބައިވެރިވެ ވަޑައިގެން ޕްލާސްޓިކް ގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާއި ބެހޭ ގޮތުންވެސް ވަނީ މައުލޫމާތު ދީފަ އެވެ.

މި ސެޝަންތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭގް ބޭނުން ކުރުމުގެ ބަދަލުގައި ގިނަ ފަހަރު ބޭނުން ކުރެވޭ ކޮތަޅު ބޭނުން ކުރުމަށް ބާރުއަޅާފައިވެއެވެ. އަދި ކޮންމެ ކުއްޖަކަށް ރީޔޫސަބަލް ކޮތަޅު ހަދިޔާ ކޮށްފައިވެއެވެ.

ޕްލާސްޓިކް ރަގަޅު ގޮތުގައި ނައްތާލުމުގެ ހަރަކާތްތަކުގައި އާއި ސްކޫލްތައް މެދުވެރިކޮށް މި މެސެޖު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރައްދުކޮށްދިނުމަށް ޕާލޭ މޯލްޑިވްސް އާއީ ދިރާގުން މަސައްކަތް ކުރަމުން ގެންދެއެވެ. މިގޮތުން ޖެނުވަރީ މަހު ސާފު އުކުޅަސް ޕްރޮގްރާމް ހިންގުމަށް ދިރާގުން އެއްބާރުލުން ދީ ދިރާގު މުވައްޒަފުން މި މުހިންމު ހަރަކާތުގައި ބައިވެރިވެ ރީޔުސަބަލް ކޮތަޅު ހަދިޔާ ކޮށްފައިވެއެވެ.

އަދި ކުޅުދުއްފުށީގައި އާއި ފުވައްމުލަކުގައި ޕާލޭ މޯލްޑިވްސް އާއި އެކު ސްކޫލް އެވެއަރނެސް ސެޝަން ތަކުގައި ބައިވެރިވެ ދިރާގު ރީޔުސަބަލް ކޮތަޅު ހަދިޔާ ކޮށްފައިވެއެވެ. އަދި ހަމަ މިގޮތަށް ކ. މާފުށި ސްކޫލް، އ. ރަސްދޫ ސްކޫލް، ބ. މާޅޮސް ސްކޫލް، ހއ. ކެލާ ސްކޫލް، ކ. ހުރާ ސްކޫލް، ގއ. ގެމަނަފުށި، ކޮނޑޭ، ދާންދޫ، ނިލަންދޫ ސްކޫލްގައި އަދި ހއ. ކެލާ ސްކޫލްގައި ވަނީ ސްކޫލް އެވެއަރނެސްސެޝަން ތައް މެދުވެރިކޮށް ރީޔޫސަބަލް ކޮތަޅު ހަދިޔާ ކޮށްފައިއެވެ.

“ފޮ ދި އޯޝަންސް” ގެ ނަމުގައި ދިރާގާއި ޕާލޭ މޯލްޑިވްސް ގުޅިގެން މި ކެމްޕެއިން އެންމެ ފުރަތަމަ ލޯންޗު ކޮށްފައިވަނީ އޮކްޓޯބަރ 2016 ގައިއެވެ. މި ކެމްޕެއިނަކީ ދިގު ދެމިގެންދާ ގޮތަށް ހިންގާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން މަދުކުރުމަށް ހޭލުންތެރިކަން އިތުރުކުރަން ދިރާގުން ޓީވީ އަދި ސޯޝަލް މީޑިއާ ކެމްޕެއިނެއް ދަނީ ކުރިއަށް ގެންދަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355