twitterviber whatsapp telegramfacebookyoutube instagram
26th July 2025

މަކިޓާ ޖޫނިއަރ އެތުލެކްޓިކްސް ޗެމްޕިއަންޝިޕް ކުޅުދުއްފުއްޓަށް ބަދަލުކޮށްފި

Mar 17, 2018

އެތުލެޓިކްސް އެސޯސިއޭޝަން އިންތިޒާމުކޮށްގެން މި މަހު ކޮޅު ބާއްވާ މަކިޓާ ޖޫނިއަރ އެތުލެކްޓިކްސް ޗެމްޕިއަންޝިޕް ކުޅުދުއްފުށީގައި ބާއްވާގޮތަށް ހަމަޖައްސައިފި އެވެ. މުބާރާތް ފުރަތަމަ މިމުބާރާތް ބާއްވަން ނިންމީ ށ މިލަންދޫގައި އެވެ.

މުބާރާތް ކުޅުދުއްފުއްޓަށް ބަދަލުކޮށްފައިމިވަނީ މިލަންދޫ ބާއްވަން މިލަންދޫން ތައްޔާރީތަކެއްވެފައިވަނިކޮނެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ އޮފިޝަލަކު މިއަދު ކޭއޯއަށް ވިދާޅުވީ މުބާރާތް މިހާރު ކުޅުދުއްފުއްޓަށް ބަދަލުކޮށްފައިވާ ކަމަށާއި އެކަން ސްކޫލުތަކަށްވެސް އަންގާފައިވާނެކަމަށެވެ. އަދި މުބާރާތް ބާއްވަން މިހާރުވެސް ހަމަޖެހިފައިވާ ތާރީހްގައި މުބާރާތް އޮންނާނެކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

އެތުލީޓުން ގިނަވުމުން، އެސޯސިއޭޝަނުން އެދުނުގޮތަށް އެކޮމޮޑޭޝަން ހަމަޖައްސަން ދަތިވެއްޖެ !

ކުޅުދުއްފުއްޓަށް މުބާރާތް ބަދަލުކޮށްފައިމިވަނީ އެތުލެޓިކްސް އެސޯސިއޭޝަނުން އެދުނު ގޮތަށް އެތުލީޓުންނަށް އެކޮމޮޑޭޝަން ހަމަޖައްސައިދޭން ދަތިތަކެއް ކުރިމަތިވެފައިވާކަން މިލަންދޫ ކައުންސިލުން އެ އެސޯސިއޭޝަނަށް އަންގާފައިވަނިކޮންނެވެ.

ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ހދ އަތޮޅުގެ 6 ސްކޫލަކު ބައިވެރިވެއްޖެ

މިއަހަރު މުބާރާތުގައި 23 ޓީމަކުން 544 އެތުލީޓުން ބައިވެރިވެފައިވެފައިވެ އެވެ. އަދި އޮފިޝަލުންނާއެކު އެ އަދަދު 703 އަރަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355