twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހދ އަތޮޅުގައި ހުޅުވާ ފުރަތަމަ ރިސޯޓް ހޮނޑާފުށި މިއަދު ހުޅުވަނީ

Mar 18, 2018

ހދ އަތޮޅުގައި ހުޅުވާ ފުރަތަމަ ރިސޯޓް ހޮނޑާފުށި މިއަދު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އެ ރިސޯޓް ތަރައްގީކުރާ ތްރީއޭ ކުންފުނީގެ ވެރިޔާ ހަމްޒާ މިދިޔަ އަހަރު ކޭއޯއަށް ދެއްވި އިންޓަވިއުގެ ވިދާޅުވެފައިވަނީ ރިސޯޓްގެ މައިގަނޑު ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށާއި މިހާރުން ކުރިއަށްދަނީ ހުއްދަތައް ހޯދުމުގެ މަސައްކަތް ކަމަށެވެ.

ހަމްޒާ ވިދާޅުވެފައިވަނީ ކޯޓުތަކުގައި ހުރި އެރިސޯޓްތަކުގެ މައްސަލަތައް ސަރުކާރުން މިހާރު ނަގާފައިވާ ކަމަށެވެ. އަދި އެކަން އެކުންފުންޏަށް އަންގާފައިވާ ކަމަށާއި ސަރުކާރުން މިހާރު ބޭނުންވަނީ ވީހާވެސް އަވަހަކަށް ހޮނޑާފުށީ ހުޅުވަންކަމަށް ހަމްޒާ ވިދާޅުވެފައިވެ އެވެ.

80 ކޮޓަރިއާ އެކު ހޮނޑާފުށިގެ އޮޕަރޭޝަންތައް ފެށިގެންދާއިރު ރިސޯޓު އެއްކޮށް ނިމޭއިރު 400 ކޮޓަރި ހިމެނޭނެ އެވެ. ކޮޓަރި އެޅުމުގެ މަސައްކަތް ކުރިއަށް ދާނީ އަހަރުތަކަށް ބަހާލައިގެން ކޮންމެ އަހަރަކު ވެސް 100 ކޮޓަރި އަޅައިގެންނެވެ.

ހަމްޒާ ވިދާޅުވެފައިވަނީ ރިސޯޓް ރަނގަޅަށް ހިންގަން ފެށުމުން 350 އެއްހާ ވަޒީފާ އުފެދިގެންދާނެ ކަމަށާއި ނަމަވެސް ފުރަތަމަ ހުޅުވާލާނީ 100 މުވައްޒަފުން ހޯދުމަށް ކަމަށެވެ.

ހޮނޑާފުއްޓަކީ 500 ކޮޓަރީގެ ރިސޯޓެކެވެ. އެރަށް އެކޮށް ނިމޭއިރު 1000 އެނދު ތަރައްގީކުރާނެކަމަށް ތްރީއޭއިން މައުލޫމާތުދެ އެވެ.

ހދ. ހޮނޑާފުއްޓަކީ 56.03 ހެކްޓަރުގެ ބޮޑުރަށެކެވެ. ރީތި ބޮޑުފަޅަކާއި, ނަލަ ގޮނޑުދޮށެއް ލިބިފައިވާ މިރަށުގެ ދެކޮޅުގައި ދެ ތުނޑި އޮންނައިރު, އެއާޕޯޓް އޮންނަ ހަނިމާދޫއާ ދާދި ކައިރީގައިވާ ހޮނޑާފުށި ފާހަގަކޮށްލެވެނީ ހދ. އަތޮޅުގައި އޮތް ރީތި ރަށެއްގެ ގޮތުގަ އެވެ.

3އޭ ކޮންޕެނީ ތަރައްގީކުރާ މިރަށުގެ އިމާރާތް ކުރުމުގެ ހުއްދަ ސަރުކާރުން ދީފައިވަނީ 12 ފެބްރުއަރީ 2006 ގައެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355