twitterviber whatsapp telegramfacebookyoutube instagram
15th August 2026

ކުޅުދުއްފުށީގައި ކެބިން ކްރޫ ތަމްރީންކޮށްދޭ ކޯހެއް ފަށަނީ

Mar 18, 2018

ސްކައިލޭން އޭވިއޭޝަން އެކަޑަމީން ކުޅުދުއްފުށީގައި ކެބިން ކްރޫ ތަމްރީންކޮށްދޭ ކޯހެއް ކުޅުދުއްފުށީގައި ފެށުމަށް ހަމަޖެއްހިއްޖެ އެެވެ.

އަންނަ އޭޕްރިލް މަހު 4 ން 11 އަށް ކުޅުދުއްފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކިޔަވައިދެއްވާނީ އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރައްވާފައިތިބި ތަޖުރިބާ ކާރު، އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީން އިންސްޓްރަކްޓާރ ލައިންސެންސް ލިބިފައިވާ ބޭފުޅުން ކަމަށް ސްކައިލޭން އެކަޑަމީން މައުލޫމާތު ދެއެވެ.

 

މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ 7 މޮޑިއުލްއަކީ:

– އިންޓްރޮޑަކްޝަން ޓު ކެބިން ކްރޫ ޕްރޮފެޝަން

– ސީވީ ޕްރެޕަރޭޝަން & ކެރިއާރ ޑިވެލޮޕްމެންޓް

– ޖޮބް އިންޓަވިއު ސިމިލިއުއޭޝަން ވިތް ފީޑްބެކް

– ގުޑް ގްރޫމިން ޕްރެކްޓިސް & ޕާރސަނަލް ހައިޖީން

– އޭވިއޭޝަން އިންޑަސްޓްރީ، އެއާރކްރާފްޓް ޓައިޕްސް & ރެގިއުލޭޝަންސް

– ކަސްޓަމާރ ސާރވިސް

– އޭއާލައިން ކޭޓަރިން & ފުޑް ސާރވިސް

މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް ސްކައިލޭންގެ އީމެއިން [email protected] ނުވަތަ [email protected] އަށް މެއިލް ކުރުމުން އެފަރާތުން އެޕްލިކޭޝަން ފޯމް ފޯރުކޮށްދޭނެ ކަމަށާއި ނުަވަތަ މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 7783010 ނުވަތަ 7611612 ނަންބަރާ ގުޅުމަށް އެފަރާތުން އެދެއެވެ.

ސްކައިލޭން އޭވިއޭޝަންއަކީ ސިވިލް ސާރވިސްގެ ލައިސެންސް ލިބިގެން ކޯސްތައް ކުރިއަށް ހިންގާ ފުރަތަމަ އެކަޑަމީ ކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355