twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކްލީކް ކޮލެޖް ކަޕް ގެ ޗެންޕިއަންކަން ‘ފްލައިން ބީޒް’ އަދި ‘ޓީމް އަކަރަކަރަ’ އަށް

Mar 18, 2018

ދެ ދުވަހެއްގެ މުއްދަތައް ކްލިކް ކޮލެޖުން ކުރިޔަށް ގެންދިޔަ ކްލީކް ކޮލެޖް ކަޕް ގެ ޗެންޕިއަންކަން ‘ފްލައިން ބީޒް’ އަދި ‘ޓީމް އަކަރަކަރަ’ އިން ހޯދައިފިއެވެ.

ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކޮށް، ވާދަވެރި މާޙައުލެއްގައި އެކުވެރިކަން އާލާކުރުމުގެ ހުނަރު، ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމުގެ މަގްސަދުގައި ކްލީކް ކޮލެޖްގެ ދަރިވަރުންގެ ޖަމިއްޔާ ‘ސްޓޫޑަންޓް އެސޯސިއޭޝަން އޮފް ކްލީކް ކޮލެޖް’ (އެސްއޭސީސީ) އިން އިންތިޒާމުކޮއްގެން ބޭއްވި މި މުބާރާތުގައި، އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުންގެ އިތުރުން ކޮލެޖުގެ ލެކްޗަރާއިންނާއި އަދި މެނޭޖްމެންޓް ހިމެނޭގޮތުން ޖުމުލަ 11 ޓީމެއް ވަނީ ވާދަކޮށްފައެވެ.

ދިރާގާއި، މާލޭ އެރޭޓެޑް ވޯޓާ ކުންފުނީގެ އެއްބާރުލުމާއި އެކު ބޭއްވުނު މި މުބާރާތުގެ އަންހެން ދަރިވަރުންގެ ފައިނަލުގައި ތިނެއް ސުމަކުން ‘ޓީމް ފިސާރި’ ބަލިކުރުމަށް ފަހު ‘ފްލައިން ބީޒް’ ތަށި އުފުލައިލިއިރު، ފިރިހެން ދަރިވަރުންގެ ޗެންޕިއަން، ‘ޓީމް އަކަރަކަރަ’ އިން ‘ބްލޫ ޓައިގަރސް’ ގެ މައްޗަށް ކުރި ހޯދީ 8 – 1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ނެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖާއި ކުއާޓަރ ފައިނަލްގެ މެޗުތައް ހުކުރުދުވަހު ނިމިފައިވާއިރު، ސެމީ ފައިނަލާއި ފައިނަލް މެޗުތަކުގެ ކުޅުމާއި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހޮނިހިރު ދުވަހުގައެވެ.

މި ރަސްމިއްޔާތުގައި ޗެމްޕިއަން އަދި ރަނަރ-އަޕް ޓީމަށް ހުށަހެޅިފައިވާ ތައްޓާއި ފައިސާގެ އިނާމު، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، ފެއަރ ޕްލޭ ޓީމާއި، އެންމެ ފުރިހަމަ ޗިއަރލީޑިންގ ޓީމުގެ އިތުރުން އެންމެ މޮޅު ކޯޗާއި މެނޭޖަރުންނަށް ސެޓިފިކެޓާއި ޓްރޮފީ ހަވާލުކޮށްދެއްވާފައިވަނީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން މެމްބަރު މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިފާއު އެވެ.

އިނގިސި ވިލާތުގެ މަތީފަންތީގެ ތަފާތު ތައުލީމީ ޕްރޮގްރާމްތައް ރާއްޖޭގައި ކާމިޔާބު ކަމާއިއެކު ހިންގަމުން އަންނަ ކްލީކް ކޮލެޖުން މި މުބާރާތް ބާއްވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިއީ ‘ކްލީކް ކޮލެޖް ކަޕް’ ގެ 16 ވަނަ މުބާރާތްކަން ފާހަގަކޮއްލެވެއެވެ.

ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމުގެ މަގްސަދުގައި ކޮންމެ އަހަރެއްގެ ވެސް ދެ ސެމިސްޓާގައި މިފަދަ ހަރަކާތްތައް އެސްއޭސީސީން އިންތިޒާމްކޮށްގެން ބާއްވައެވެ. އެގޮތުން ދެން އެންމެ އަވަހަށް އެސްއޭސީސީން ބާއްވާ ކޮލެޖުގެ ޓްރޭޑިޝަނަލް އިވެންޓެއް ކަމަށްވާ ހޭބޯނާރާ ދަތުރުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355