twitterviber whatsapp telegramfacebookyoutube instagram
26th July 2025

ފިޔަވަޅު އެޅުމަށްފަހު އެލްޖީއޭއިން ސިޓީތައް ސޯޝަލް މީޑިއާގައި އާންމުކުރަނީ ބިރުދައްކަން: އަމީން

Mar 19, 2018

ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލަރުންނަށް ފިޔަވަޅު އެޅުމަށް ފޮނުވާ ސިޓީތައް ސޯޝަލް މީޑިއާގައި އެލްޖީއޭއިން އާންމުކުރަނީ އެހެން ކައުންސިލްތަކަށް ބިރުދެއްކުމަށްކަމަށް ހދ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަމީން މިހެން ވިދާޅުވެފައިމިވަނީ އެލްޖީއޭ އިން ގިނަ އަދަދެއްގެ ކައުންސިލަރުން ސަސްޕެންޑްކޮށް، ސަސްފެންޑްކުރުމަށް ކައުންސިލުތަކަށް ފޮނުވާ ސިޓީތައް އެލްޖީއޭއިން އާންމުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ހިތްހަމަނުޖެހުންފާޅުކޮށް ސޯޝަލް މީޑިއާގައި އަމީން ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކައުންސިލްތަކަށް ފިޔަވަޅު އެޅުމަށްފަހު، ފިޔަވަޅު އަޅަން ފޮނުވާ ސިޓީތައް އެލްޖީއޭއިން ސޯޝަލް މީޑިއާގައި އާންމުކުރަނީ އެހެން ކައުންސިލްތަކަށް ބިރުދެއްކުމުގެ ގޮތުން ކަމަށެވެ. އެއީ ދަށު ދަރަޖައިގެ އަމަލެއްކަމަށް ވިދާޅުވެ އަމީން ވަނީ އެފަދަ އަމަލުތައް ނުކުރެއްވުމަށް އެލްޖީއޭއަށް ގޮވާލާފަ އެވެ.

އަމީންގެ އިތުރު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކައުންސިލަރުންނަކީ ރައްޔިތުންނަށް ހިދުމަތްކުރުމަށް ރައްޔިތުން އިންތިހާބުކުރާ ބައެއް ކަމަށާއި އެލްޖީއޭގެ ބޯޑްގައި މިހާރު ތިއްބަވަނީ ރައީސް ޔާމީންގެ “ޕަޕެޓުން” ތަކެއް ކަމަށެވެ.

ގިނަ އަދަދެއްގެ ކައުންސިލަރުންތަކެއް ސަސްޕެންޑްކުރުމުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެލްޖީއޭއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355