twitterviber whatsapp telegramfacebookyoutube instagram
11th May 2024

ބޮޑެތި މުންކަރާތަކާ ގުޅޭގޮތުން ފަތުވާ މަޖިލީހުން ބަހެއް ވިދާޅުނުވަނީ ކީއްވެތޯ ޑރ.އިޔާޒް ސުވާލުކުރައްވައިފި

Mar 19, 2018

ދިވެހި ރާއްޖޭގައި ހިންގާ ބޮޑެތި މުންކަރާތަކާ ގުޅޭގޮތުން ފަތުވާ މަޖިލިސް އިން ބަހެއް ވިދާޅުނުވަނީ ކީއްވެތޯ މަޝްހޫރު ދީނީ އިލުމްވެރިޔާ ޑރ މުހައްމަދު އިޔާޒް ސުވާލުކުރައްވައިފި އެވެ.

ކުރީގެ ފިގުހު އެކަޑަމީގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވި ޑރ އިޔާޒް މިގޮތަށް ސުވާލު އުއްދަވާފައިމިވަނީ ދާދިފަހުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕާލަމެންޓުން ރާއްޖެއާމެދު ފާސްކޮށް ނެރެފައިވާ ގަރާރުގައި ގޮވާލާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ދިވެހިންގެ އަގީދާއާ އިސްލާމީ އުސޫލުތަކާ ހިލާފު ކަންތައްތަކެއްވާ ކަމަށާއި އެ ގަރާރަށް ތާއީދު ކުރުމުން ދުރުވެގަތުމަށް އިސްލާމީ ކަންތައްތަކާބެހޭ ފަތުވާ މަޖިލީހުން ގޮވާލަފައިވަކޮށްނެވެ.

ޓްވީޓް މެދުވެރިކޮށް އިޔާޒް ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގައި ހިނގާ ބޮޑެތި މުންކަރާތަކާ ގުޅޭ ގޮތުން ފަތުވާ މަޖިލިސް އިން ބަހެއް ވިދާޅުނުވަނީ ކީއްވެތޯ ސުވާލުކުރައްވާފަ އެވެ.

Dhivehi Raajje gai hingaa bodethi munkaraaiy thakaai gulhey gothun Fathuvaa Majlis in baheh vidhaalhu nuvanee keevvegen tho?

Beyru bayaku nerey garaarakah vure bodah dheenah nikamethikan libeynee gaumuge ethereygai hingaa nuragalhu kanthakun kan hama neygenee tho?

— Dr Mohamed Iyaz (@dr_iyaz) March 19, 2018

އަދި ބޭރުގެ ބަޔަކު ނެރޭ ގަރާރަކަށްވުރެ މާބޮޑަށް ދީނަށް ނިކަމެތިކަން ލިބެނީ ގައުމުގެ އެތެރޭގައި ހިންގާ ނުރަނގަޅު ކަންތައްތަކުން ކަން ހަމަ ނޭނގެނީތޯ ވެސް ވިދާޅުވެ ސުވާލުކުރައްވާފަ އެވެ.

ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޅުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ޑރ.އިޔާޒު ގެންދަވަނީ ފާޅުގައި ފާޑު ވިދާޅުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355