twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީ ޤުރުއާން މުބާރާތުން އެއްވަނަ އިބާ ހޯދައިފި

Mar 20, 2018

ކުޅުދުއްފުށީ ކައުންސިލް ޤުރުއާން މުބާރާތުގެ ފަޙުރުވެރި އެއްވަނަ އަފީފުއްދީން ސްކޫލްގެ ދަރިވަރުން، އައިމިނަތު އިބާ އާދަމް ހޯދައިފި އެވެ.

މުޅި މުބާރާތުން ދެ ގޮފިން އެއްކޮށްގެން އައިމިނަތު އިބާ ހޯދައިފިއިރު ދެވަނަ ހޯދާފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އަހުމަދު އަޠޫފް މުހަންމަދެވެ. އަދި މުބާރާތުން ތިން ވަނަ ހާސިލުކޮށްފައިވަނީ ޖަލާލުއްދީން ސްކޫލުގެ ދަރިވަރު ރާއިދާ މޫސާ އެވެ.

ކުޅުދުއްފުށީގެ ސްކޫލުތަކަށާއި ޤުރުއާން ކުލާސްތަކަށް ހުޅުވާލައިގެން ބޭއްވި މިމުބާރާތުގައި ޖުމްލަ ތިން ސްކޫލަކާއި 6 ޤުރުއާން ކުލާހަކުން ދަރިވަރުން ވާދަކޮށްފައިވެ އެވެ.

މިމުބާރާތުގައި ހދ އަތޮޅު ޤުރުއާން މުބާރާތުގައި ކުޅުދުއްފުށިން ވާދަކުރާނެ 15 ދަރިވަރުންވެސް ވަނީ ހޮވާފައެވެ. އެދަރިވަރުންނަކީ ރާއިދާ މުސާ، ފަތިމަތު މުނީޒާ، އައިޝަތު ޒީކް ޒައިދް، މުހައްމަދު ރަޒާން އަބުދުލްރައްޒާގް، މަރްޔަމް ހަސަން، މަޒީނާ މުހަންމަދު، ޝަބާބު އަމަތުއްﷲ އަލީ، ސަމްހާ ރިޒާ، އައިމިނަތު އިބާ، އަހުމަދު އަޠޫފް މުހަންމަދު، އަހްމަދު ރަޒާން އާދަމް، މިންހާ މުހަންމަދު، މުހަންމަދު އައްމާރު އަހްމަދު ނަޝީމް، އައިޝަތު ހަނާން އިލްޔާސް އެވެ.

ހދ އަތޮޅު ޤުރުއާން މުބާރާތުގައި ކުޅުދުއްފުށިން ވާދަކުރާ ބައެއް ދަރިވަރުން–

މުބާރާތުގެ ބަލައިގެ ކިޔެވި ގޮފިން އެއްވަނަ ހާސިލްކުރީ ޖަލާލުއްދީން ސްކޫލު ދަރިވަރު ރާއިދާ މުސާ އެވެ. ހިރި ޤުރުއާން ކުލާހުގެ ދަރިވަރު ފާތިމަތު މުނީޒާ މި ގޮފިން ދެވަނަ ހޯދިއިރު ތިންވަނައަށް ދެ ދަރިވަރު މި ގޮފިން ގޮސްފައިވެ އެވެ. އެއީ އަފީފުއްދީން ސްކޫލުގެ ދަރިވަރު މުހަންމަދު ރަޒާން އަބުދުލްރައްޒާގް، ހިރި ޤުރުއާން ކުލާހުގެ ދަރިވަރު އައިޝަތު ޒީކް ޒައިދެވެ.

ނުބަލާ ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދާފައިވަނީ އަފީފުއްދީން ސްކޫލްގެ ދަރިވަރު އާމިނަތު އިބާ އާދަމް އެވެ. ދެވަނަ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އަހުމަދު އަޠޫފް މުހަންމަދު ހޯދިއިރު ތިންވަނަ ކާމިޔާބުކޮށްފައިވަނީ ބަޝާއިރުލް ޤުރުއާން ކުލާހުގެ ދަރިވަރު އަހުމަދު ރަޒާން އާދަމް އެވެ.

މިމުބާރާތުގައި ސްކޫލުތަކާއި ޤުރުއާން ކުލާސްތަކުގެ ބައިންވެސް ވަނީ ވަނަ ހޮވާ ޓްރޮފީ ހަވާލުކޮށްފަ އެވެ. އެގޮތުން ސްކޫލުތަކުގެ ބައި ދެ ވަނައަށް އަފީފުއްދީން ސްކޫލް ހޮވުނުއިރު ތިންވަނަ ލިބިފައިވަނީ ހދ އޭއީސީއަށެވެ. ސްކޫލުތަކުގެ ބައިން އެއްވަނަ ލިބޭ ވަރަކަށް އެއްވެސް ސްކޫލަކަށް މާކްސް ލިބިފައެއް ނުވެ އެވެ. ޤުރުއާން ކުލާސްތަކުގެ ބައިން ތިންވަނަ ހާސިލްކުރީ އިޙްލާސް ޤުރުއާން ކުލާހެވެ. މިބައިން އެއްވަނަ އަދި ދެވަނަވެސް ލިބޭ ވަރަކަށް އެއްވެސް ކުލާހަކަށް މާކްސް ލިބިފައެއްނުވެ އެވެ.

ހދ އަތޮޅު ޤުރުއާން މުބާރާތުގައި ކުޅުދުއްފުށިން ވާދަކުރާ ބައެއް ދަރިވަރުން–

ކުޅުދުއްފުށީ ކައުންސިލް ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ހާއްސަވަނަތަކަށް ދިޔަ ދަރިވަރުންނަށް ޓްރޮފީއާ ސެޓްފިކެޓްތައް ހަވާލުކޮށްދީފައިވަނީ ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރ އައްޝެއިޙް ޢަބުދުލްޤާދިރު މުހަންމަދެވެ. ތިލަދެކުނު ސިނަމާގައި ބޭއްވި މިޖަލްސާގައި ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފް އާއި ކުޅުދުއްފުށީގެ ސްކޫލުތަކުގެ ވެރިން އަދި ކައުންސިލް މެމްބަރުން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355