twitterviber whatsapp telegramfacebookyoutube instagram
17th December 2025

މާފިނޮޅު ވަރުވާއަށް ދޫކުރަން އިއުލާންކުރެވުނީ އޮޅުމަކުން، އެރަށުގައި އަޅާނީ އެއާޕޯޓް: ޝައިނީ

Mar 21, 2018

ހއ. މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމައި އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓް (އީއައިއޭ) ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައިވަނިކޮށް އެ ރަށް ވަރުވާއަށް ދޫކުރަން އިއުލާނުކުރެވުނީ ޑޭޓާ ބޭސްގެ މައްސަލައަކުން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޓްވީޓް މެދުވެރިކޮށް ޝައިނީ ވިދާޅުވީ މާފިނޮޅު ވަރުވާއަށް ދޫކުރަން އިއުލާންކުރަން އިއުލާން ކުރެވުނީ ޑޭޓާ ބޭސްގެ މައްސަލައަކުން ކަމަށެވެ. މިސަރުކާރުން މާފިނޮޅުގައި އަޅާނީ އެއާޕޯޓެއްކަމަށްވެސް ޝައިނީ ވިދާޅުވި އެވެ.

Maafinolhu varuva ah dhookuran iulaan kuree database ge massala akun. Insha Allah misarukaarun Maafinolhuga alhaany airport.

— Mohamed Shainee (@mshainee) March 20, 2018

ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ 25 ރަށެއް ވަރުވާއަށް ދޫކުރަން އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ހއ. އަތޮޅުގެ ފަޅުރަށްތަކެވެ.

ހއ ހޯރަފުށީ ކައިރީގައި އެއްފަޅެއްގެ ތެރޭގައި ހާރެއްހެން ގުޅިފައިވާ ރަށްތަކުގެ ތެރޭ މާފިނޮޅު ހިމެނޭއިރު އެ ރަށްތަކަކީ އައިހެވަން މަޝްރޫއު ތަރައްގީކުރުމަށްވެސް ހިމެނޭ ސަރަހައްދެވެ.

ހޯރަފުށީ ސަރަހައްދުގައި އެއާޕޯޓެއް ތަރައްގީ ކުރަން ނިންމާ އެކަން ރަސްމީކޮށް ރައީސް ޔާމީން އިއުލާން ކުރީ މި އަހަރުގެ ރިޔާސީ ބަޔާނުގައި އެވެ. ނަމަވެސް އޭގެ ކުރިންވެސް ރައީސް ހޯރައްފުއްޓަށް ކުރެވި ދަތުރުފުޅެއްގެ ވަނީ އެރަށުގައި އެއާޕޯޓެއް ތަރައްގީކުރާނެކަމަށް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355