twitterviber whatsapp telegramfacebookyoutube instagram
15th August 2026

ހދ. އަތޮޅު ޤުރުއާން މުބާރާތުގައި 11 ރަށަކުން ބައިވެރިވެއްޖެ

Mar 22, 2018

ހދ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި 11 ރަށަކުން ބައިވެރިވެއްޖެ އެވެ.

މިއަހަރު ޤުރުއާން މުބާރާތުގައި ބައިވެރިވެފައިވަނީ، ކުޅުދުއްފުށީ، ހަނިމާދޫ، ނޮޅިވަރަންފަރު، ނޮޅިވަރަން، ނެއްލައިދޫ، ނާވައިދޫ، ކުރިނބީ، ކުމުންދޫ، ވައިކަރަދޫ، ނޭކުރަންދޫ އަދި މަކުނުދޫން އެވެ.

މިއަހަރުގެވެސް މުބާރާތުގައި ބައިވެރިނުވަނީ ފިނޭ އަދި ހިރިމަރަދޫން އެވެ.

މިއަހަރުގެ ޤުރުއާން މުބާރާތް ބާއްވަން އެންމެ ފަހު ވަގުތު ހަމަޖައްސާފައިވަނީ މަކުނުދޫގަ އެވެ. މިމުބާރާތް އޮންނާނީ އަންނަ އެޕްރީލްމަހު 5،6 އަދި 7 ވަނަ ދުވަހު އެވެ.

މިއަހަރުގެ މުބާރާތުގައި 11 ރަށުން 128 ދަރިވަރުން ވާދަކުރާނެކަމަށް އަތޮޅު ކައުންސިލުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355