twitterviber whatsapp telegramfacebookyoutube instagram
3rd February 2026

ކުޅުދުއްފުށީގައި ބެޑްމިންޓަން ކޯޗުން ތަމްރީންކުރުމުގެ ކޯހެއް ފަށަނީ

Mar 25, 2018

ކުޅުދުއްފުށީގައި ބެޑްމިންޓަން ކޯޗުން ތަމްރީން ކުރުމުގެ ކޯހެއް ބާއްވަން ހަމަޖެހިއްޖެ އެވެ.

ބެންޑްމިންޓަން އެސޯސިއޭޝަންއާ ޑަބުލިއު ސްޕޯޓްސް އެކަޑަމީ ގުޅިގެން ބާއްވާ މި ކޯހަކީ ޤައުމީ ފެންވަރުގެ ކޯހެކެވެ.

މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިމަހު ނިޔަލަށް ހުޅުވާލާފައިވާއިރު މިކޯސް ފަށަން ހަމަޖެހިފައިވަނީ އޭޕްރީލްމަހުގެ ފުރަތަމަ ދުވަހު އެވެ.

ޑަބުލިއު ސްޕޯޓްސް އެކަޑަމީން މައުލޫމާތުދޭ ގޮތުގައި މިކޯހުގައި ކިޔަވާދެއްވަނީ ބެންޑްމިންޓަންގެ ޤައުމީ ކޯޗު ހުސެއިން ރަޝީދު (ހުދުރުވާ ދޮންބެ) އެވެ.

މިކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 9889080/7911665 ނަމްބަރަށް ގުޅުވުމުން ހަމަޖެހިގެންދާނެ ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

ޑަބުލިއު ސްޕޯޓްސް އެކަޑަމީން އަންނަނީ ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އަދި ތަފާތު ކުޅިވަރުގެ ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ޑަބުލިއު ސްޕޯޓްސް އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355