ބަސީރު ސްޕޯޓްސް އެކަޑަމީން މިއަދު ފަށާ ފުޓްބޯޅަ ކޭމްޕަށް މާލެއިން އައި މޯލްޑިވްސް ސޮކަރ މޭޓްސްގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
މޯލްޑިވްސް ސޮކަރ މޭޓްސްގެ ޓީމުގެ ބައިވެރިން މިއަދު ކުޅުދުއްފުއްޓަށް އައިސްފައިވަނީ ހެނދުނު އެވެ. އެ ބައިވެރިންނަށް ބަސީރު އެކަޑަމީގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
މޯލްޑިވަސް ސޮކަރ މޭޓްސް މިއަދު ކުޅުދުއްފުއްޓަށް އައުމުން މަރުހަބާ ކިޔަނީ–
މިއަދު ފެށިގެން ހަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފުޓްބޯޅަ ކޭމްޕްގައި މޯލްޑިވްސް ސޮކަރ މޭޓްސްގެ ޓީމުގެ ބައިވެރިންނާއެކު ޕްރެކްޓިކްސްތަކެއް ކުރިއަށްދާނެ ކަމަށް ބަސީރު އެކަޑަމީން މައުލޫމާތުދެ އެވެ.
މިކޭމްޕްގައި ބައިވެރިވުމަށް މޯލްޑިވްސް ސޮކައި އިން 20 ބައިވެރިޔަކު ކުޅުދުއްފުއްޓަށް އައިސްފައިވެ އެވެ.
ޒިގްޒެގް ފޯ ޔޫތް ލިންކޭޖާ ގުޅިގެން ކުރިއަށްގެންދާ މި ކޭމްޕް ކުރިއަށްދާނީ ޒިގްޒެގް ދަނޑުގަ އެވެ.
މޯލްޑިވްސް ސޮކަރ މޭޓްސް އަދި ބަސީރު އެކަޑަމީގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން–
ފުޓްބޯޅަ ދާއިރާއިން ކުދިން ކުރިއެރުވުމަށް ބަސީރު އެކަޑަމީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.