twitterviber whatsapp telegramfacebookyoutube instagram
3rd June 2026

421 އެތްލީޓުންނާއެކު މަކީޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުޅުދުއްފުށީގައި ފަށައިފި

Mar 26, 2018

އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވާ މަކީޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި މިއަދު ކުޅުދުއްފުށީގައި ފަށައިފި އެވެ. މިމުބާރާތުގައި މިއަހަރު 20 ޓީމަކު 421 އެތްލީޓުން ވާދަކުރެ އެވެ.

މިއަހަރުގެ މުބާރާތުގައި 9 ކުލަބަކާއި 11 ސްކޫލަކުން ވާދަކުރެ އެވެ. މުބާރާތުގެ ބައިވެރިވެފައިވާ ކުލަބުތަކަކީ ކީން ޔޫތު ސްޕޯޓްސް އެކަޑަމީ، ކްލަބް މުގޫ ސްޕޯޓްސް، ތިނަދޫ ޒުވާނުންގެ ކްލަބް، ރައުހަތު ސްޕޯޓްސް، ކްލަބް ރާވެރިޔާ، ދަ ބްލެކް މާލިން، ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަން، ކްލަބް ކާމް ސްޕޯޓްސް އަދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުންނެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ އަފީފުއްދީން ސްކޫލް، ޖަލާލުއްދީން ސްކޫލް، ހދ. އަތޮޅު ތައުލީމީ މަރުކަޒު، ހދ. ކުމުންދޫ ސްކޫލް، ހދ. މަކުނުދޫ މަދަރުސާ، ހދ. ނޮޅިވަރަމް ސްކޫލް، ށ. ފޯކައިދޫ ސްކޫލް، ށ. މިލަންދޫ ސްކޫލް،.

މީގެ އިތުރުން ނ. ޅޮހީ ސްކޫލް، ރ. މަޑުއްވަރީ ސްކޫލް، އަދި ގއ. ދާންދޫ ސްކޫލްވެސް މި މުބާރާތުގައި ބައިވެރިވެފައި ވެއެވެ.

މުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަން ޓީމަށް 7000ރ.، ދެ ވަނަ ޓީމަށް 5000ރ. އަދި ތިން ވަނަ ޓީމަށް 3000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެތުލެޓިކްސް އަކީ ރާއްޖޭގައި ސްކޫލްތަކުގައި ވަރަށް ވާދަވެރިކޮށް ކުރިއަށްދާ ކުޅިވަރެކެވެ. ސްކޫލް މުބާރާތްތަކުން ފާހަގަވި ގިނަ އެތުލީޓުން މިހާރު އަންނަނީ ގައުމީ ފެންވަރުގައި ވާދަކުރަމުންނެވެ.

މުބާރާތުގެ އިތުރު ފޮޓޯތައް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355