twitterviber whatsapp telegramfacebookyoutube instagram
15th August 2026

ބޮޑުތިލަދުންމަތީގެ 20 ރަށެއް ހިމެނޭގޮތަށް ސާފުފެނުގެ ނިޒާމް ޤާއިމްކުރާނެ ބައެއް ހޯދަނީ  

Mar 28, 2018

45 ރަށެއްގައި ސާފުފެނުގެ ނިޒާމް ޤާއިމު ކުރުމުގެ އަމަލީ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތައް ހޯދުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީއިން އިއުލާންކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މިއީ ގްރީން ކްލައިމެޓް ފަންޑު( ޖީ.ސީ.އެފް ) އިން ދިވެހި ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން 45 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމުކުރުމަށް ކުރިޔަށް ގެންދާ މަޝްރޫތަކެކެވެ. މީގެ ތެރެއިން ބޮޑުތިލަދުންމަތީގެ 20 ރަށެއް ހިމެނެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން އިއުލާންކޮށްފައިވަނީ ހއ.އަތޮޅުގެ 10 ރަށަކާއި ށ.އަތޮޅުގެ 10 ރަށަކާއި، އއ.އަތޮޅުގެ 5 ރަށަކާއި ، ދ.އަތޮޅުގެ 3 ރަށެގެ އިރުތުރުން މ.އަތޮޅުގެ 3 ރަށަކާއި، ތ.އަތޮޅުގެ 6 ރަށަކާއި ގއ.އަތޮޅުގެ 8 ރަށެއްގައި ސާފުފެނުގެ ނިޒާމް ޤާއިމްކުރާނެ ބައެއް ހޯދުމަށެވެ.

މިމަސައްކަތުގެ ދަށުން މިއިން ކޮންމެ ރަށެއްގައި ވާރޭފެން ނަގާ ނެޓްވޯރކާއި، ވާރޭފެން ރައްކާކުރާ ތާންގީ، އަލްޓްރާފިލްޓްރޭޝަން ޔުނިޓާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ޤާއިމްކުރުމުގެ މަސައްކަތް މިކަމަށް ހޮވޭ ކުންފުނިތަކުން ކުރަންޖެހެއެވެ

މިމަސައްކަތައް ކުރުމަށް ޝައުޤުވެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް މިކަމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355