twitterviber whatsapp telegramfacebookyoutube instagram
27th April 2024

މަކިޓާ އެތުލެޓިކްސްގެ ރަންވަނަތައް ކުލަބު ރައިވެރިޔާ، ރައުހަތު ސްޕޯޓްސް އަދި ހދ އޭއީސީއަށް !

Mar 29, 2018

މަކިޓާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ރަންވަނަތައް ކުލަބު ރައިވެރިޔާ، ރައުހަތު ސްޕޯޓްސް އަދި ހދ އަތޮޅު ތައުލީމީ މަރުކަޒު ހޯދައިފި އެވެ.

ކުޅުދުއްފުށީގައި ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިމުބާރާތް ނިންމާ މިއަދު ހަވީރު ވަނީ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފަ އެވެ.

މިއަހަރުގެ މުބާރާތުގައި ފާހަގަކޮށްލެވޭ ރަންވަނަތައް ހޯދާފައިވަނީ އައްޑޫގެ ކުލަބު ރައިވެރިޔާ އަދި ގދ ތިނަދޫގެ ރައުހަތު ސްޕޯޓްސްގެ އިތުރުން ހދ އަތޮޅު ތައުލީމީ މަރުކަޒެވެ. މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން ޓީމަކަށް ކުލަބު ރައިވެރިޔާ ހޮވުނުއިރު މި ގެޓަގަރީ ރަނަރަޕް ލިބިފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒަށެވެ. އަދި ތިންވަނަ  ދެ ޓީމަކު ހޯދާފައިވެ އެެވެ. އެއީ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލާއި ރައުހަތު ސްޕޯޓްސް އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ފިރިހެން ޓީމްގެ މަގާމު ހޯދީ ރައުހަތު ސްޕޯޓްސް އެވެ. ކީން ޔޫތް ސްޕޯޓްސް އެކަޑަމީ ރަނަރަޕް ހޯދިއިރު މި ކެޓަގަރީން ތިންވަނަ ކާމިޔާބުކޮށްފައިވަނީ ރައިވެރިޔާ އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓްގެ ޝަރަފު ހޯދީ ރައުހަތު ސްޕޯޓްސްގެ ސުޒައިން މުހަންމަދެވެ. އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމު ކާމިޔާބުކޮށްފައިވަނީ ކްލަބު ރައިވެރިޔާގެ އައިޝަތު ހިމްނާ ހަސަން އެވެ.

އުމުރުފުރާތަކުގެ ޗެމްޕިއަން ޓީމްތައްވެސް ވަނީ ހޮވާ ސީލްޑް ދީފަ އެވެ. އެގޮތުން 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޗެމްޕިއަންކަންވެސް ހޯދާފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒެވެ. 15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ކުލަބު ރައިވެރިޔާ ހޯދިއިރު އެ އުމުރުފުރާއިން ފިރިހެން ޗެމްޕިއަން ޓީމުގެ މަގާމު ހޯދީ ރައުހަތު ސްޕޯޓްސް އެވެ. 17 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ޓީމަކަށް ޖަލާލުއްދީން ސްކޫލު ކާމިޔާބުކުރިއިރު 17 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ޓީމަކީ ރައުހަތު ސްޕޯޓްސް އެވެ.

ބެސްޓް އެތުލީޓުން:

އަހަރުން ދަށުގެ އަންހެން ބެސްޓް އެތްލީޓް، އައިޝަތު އާޔާ އަލީ/ ހދ އަތޮޅު ތައުލީމީ މަރުކަޒު

13 އަހަރުން ދަށުގެ ފިރިހެން ބެސްޓް އެތްލީޓް، އަހުމަދު އީހަމް ހަމްޒާ/ ހދ އަތޮޅު ތައުލީމީ މަރުކަޒު

15 އަހަރުން ދަށުގެ އަންހެން ބެސްޓް އެތުލީޓް، މަރިޔަމް އަލްހާ ހުސެއިން/ ކުލަބު ރައިވެރިޔާ

15 އަހަރުން ދަށުގެ ފިރިހެން ބެސްޓް އެތުލީޓް، އިބުރާހިމް ރާފިލް ވާފިރު/ ރައުހަތު ސްޕޯޓްސް

17 އަހަރުން ދަށުގެ އަންހެން ބެސްޓް އެތުލީޓް، އައިޝަތު ހިމްނާ ހަސަން/ ކުލަބު ރައިވެރިޔާ

17 އަހަރުން ދަށުގެ ފިރިހެން ބެސްޓް އެތުލީޓް، ސުޒައިން މުހައްމަދު/ ރައުހަތު ސްޕޯޓްސް

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ހާއްސަ މަގާމުތަކަށް ސީލްޑް ހަވާލުކޮށްދެއްވީ ޖަލާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު މުހަންމަދެވެ. މިރަސްމިއްޔާތުގައި އެތުލެޓިކްސް އެސޯސިއޭޝަން ރައީސް މުހައްމަދު ތަލާލް އާއި އަފީފުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝަޒްނާ އިބުރާހިމް، އަޕަރ ނޯތް ޕޮލިސް ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފްގެ އިތުރުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓްގެ ކުޅުދުއްފުށީ ސައިޓް މެނޭޖަރު މުހަންމަދު ހަސަން ވަނީ ބައިވެރިވެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވާ މަކީޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ މިއަހަރުގެ މުބާރާތުގައި 20 ޓީމަކު 421 އެތްލީޓުން ވަނީ ވާދަކޮށްފަ އެވެ.

އެތުލެޓިކްސް އަކީ ރާއްޖޭގައި ސްކޫލްތަކުގައި ވަރަށް ވާދަވެރިކޮށް ކުރިއަށްދާ ކުޅިވަރެކެވެ. ސްކޫލް މުބާރާތްތަކުން ފާހަގަވި ގިނަ އެތުލީޓުން މިހާރު އަންނަނީ ގައުމީ ފެންވަރުގައި ވާދަކުރަމުންނެވެ.

މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ނިމުމުގެ ރަސްމިއްޔާތުގެ އިތުރު ފޮޓޯތައް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355