twitterviber whatsapp telegramfacebookyoutube instagram
26th April 2024

މާއިންއަށް އެހީވުމަށް ފަންޑު ހޯދުމުގެ ހަރަކާތްތަކެއް ހިންގަނީ

Mar 30, 2018

އެންމެ 11 އަހަރުގައި 2 ކިޑްނީ ފެއިލްވެ، އިންޑިޔާގައި ފަރުވާ ހޯދަމުން އަންނަ ހއ އިހަވަންދޫ، މިނާޒް މުހައްމަދު މާއިން މޫސާއަށް އެހީތެރިވުމުގެ ގޮތުން ފަންޑް ހޯދުމުގެ ހަރަކާތްތަކެއް ފަށައިފި އެވެ.

މުހައްމަދު މާއިންގެ 2 ކިޑުނީ ފެއިލްވެފައިވުމުގެ ސަބަބުން މިވަގުތު ފަރުވާ ހޯދަމުން ދަނީ އިންޑިއާގައެވެ. މިބައްޔަށް ދާއިމީ ހައްލެއް ގެނެވެން އޮތީ ކިޑްނީ ޓްރާންސްޕުލާންޓްކުރުމުންކަމަށް ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ.

ހަފްތާއަކު ދެ ދުވަހު ޑައިލަސިސް ހަދަން ޖެހުމުގެ އިތުރުން މިކަމުގައި ސަބަބުން ދިމާވާ ތަފާތު ސިއްހީ މައްސަލަތަކަށް ވަނީ ފަރުވާކުރަން ޖެހިފަ އެވެ. މިއޮފަރޭޝަނަކީ ގިނަ އަދަދެއްގެ ފައިސާ ބޭނުންވާ ކަމަށްކަށް ވާތީ އާއިލާއިން ވަނީ އެހީތެރިކަމަށް އެދިފަ އެވެ.

މިކަމަށް އިޖާބަދިނުމުގެ ގޮތުން މާއިންގެ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން އަންނަނީ އިހަވަންދޫގައި އާއި މާލޭގައި ފަންޑު ހޯދުމުގެ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އިހަވަންދޫގެ ވިޔަފާރިކުރާ ތަންތަނުގައި ވަނީ ފަންޑު ފޮށި ބަހައްޓާފަ އެވެ.

އަދި މިއަދު ހެނދުނު ފެށިގެން މާލޭގައިވެސް ދަނީ މާއިންއަށް ފަންޑް ހޯދުމުގެ ހަރަކާތްތަކެއްވެސް ހިންގަމުންނެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ފަންޑުފޮށިތައް ބަހައްޓާފަ އެވެ.

މާއިންގެ އާއިލާ މަސައްކަތް ކުރަމުންދަނީ މާއިންއަށް ދާއިމީ ފަރުވާއެއްގެ ގޮތުން ކިޑްނީއެއް ލެއްވުމަށެވެ. އެކަމަށް ކުރަންޖެހޭ ހޭދައަކީ ބޮޑު ހަރަދެއް ހިނގާކަމަށްވުމުން އާއިލާއިން އެދެނީ ދީލަތު އެހީއަކަށެވެ.

މާއިންއަށް އެހީތެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން 7898999 ނުވަތަ 7644414 ފޯނާއި ގުޅުމަށް އާއިލާއިން އެދެއެވެ

މާއިންގެ ފަރުވާއަށް މާލީ އެހީ ދެއްވުމަށް މާއިންގެ މަންމަގެ 7714523536101 ނަންބަރު ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355