ކާރެއް ކޮންޓްރޯލް ނުކުރެވިގޮސް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓްވެ، ކާރަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.
ކުޅުދުއްފުށީގައި ރޭ ދަންވަރު ހިނގި މިއެކްސިޑެންޓްގައި ކާރު ޖެހިފައިވަނީ އަމީނީމަގު، ބޮނބިނަރު އުއްފަދާ މެޝިން ބަހައްޓާފަ ހުންނަ އިމާރާތާ ދިމާގައި ހުރި ހޮޅިދަނޑިއެއްގަ އެވެ. އެކްސިޑެންޓްވެފައިވަނީ ރޭ ދަންވަރު 1 ޖަހާއެހާއިރު އެވެ.
މިއެކްސިޑެންޓް ހިނގި ވަގުތުގައި ކާރުގައި ޑްރައިވަރުގެ އިތުރުން އެއްވެސް މީހަކު ނެތެވެ. ޑްރައިވަރަށް އަނިޔާނުވެ ސަލާމަތްވެފައިވާއިރު ކާރުގެ ކުރީކޮޅަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި އެވެ. މިހާދިސާގައި ހޮޅިދަނޑިއަށްވެސް ވަނީ ގެއްލުންވެފައިވެ އެވެ.
ކޭއޯއަށް އެނގިފައިވާގޮތުގައި އެކްސިޑެންޓްވީ ކާރުގެ ޑްރައިވަރު ނިދި ޖެހުމުން ކަމަށްވެ އެވެ. އެވަގުތު ކާރު ދިޔައީ އުތުރު ބަނދަރަށް ދަތުރެއް ނެގުމަށެވެ.