twitterviber whatsapp telegramfacebookyoutube instagram
23rd April 2024

“ޖުމްހޫރިއްޔަތާއި ޒުވާނުން”ގެ ފޯރަމު ކުޅުދުއްފުށީގައި ފަށައިފި

Mar 31, 2018

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި “ޖުމްހޫރިއްޔަތާއި ޒުވާނުން” މިނަމުގައި ފޯރަމެއް ކުޅުދުއްފުށީގައި ފަށައިފި އެވެ.

ދެ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މިފޯރަމަކީ ދިވެހި ޒުވާނުންގެ ތެރެއިން، ފަރުދީ ޒިންމާ ނަގަން ދަސްކޮށްދިނުމަށާއި ޒުވާނުންގެ ތެރެއިން ލީޑަރުން އުފެއްދުމަށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ގުޅިގެން ޔޫތް ލީޑާސް ނެޓްވޯކް އިން އިސްނަގައިގެން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއަ ފޯރަމެކެވެ.

މި ފޯރަމް ޝަރަފްވެރިކޮށްދެއްވީ ދިވެހި ބަހުގެ އެކަޑަމީ ރައީސް އަޝްރަފް އަލީ އެވެ.

އިއްޔެއިން ފެށިގެންކުރިއަށްގެންދާ މިފޯރަމްގައި މަޝްވަރާކުރެވުނު ދާއިރާތަކަކީ އިސްލާމް ދީނާއި، ޒުވާނުން އަދި އިސްލާމް ދީނުގައި ލީޑަރޝިޕާއި ގުޅޭގޮތުންނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ އަހަރުކަމުގައިވުމުން، ޖުމްހޫރިއްޔަތާއި ދިވެހިރާއްޖޭގެ ތާރީހާ ގުޅޭ ގޮތުންނާއި ޒުވާނުން އަހުލުވެރިވުން މުހިއްމު ޤާނޫނުތަކާއި، ޒުވާން ލީޑަރުންގެ ގޮތުގައި މުޖުތަމައުގައި ދަމަހައްޓަންޖެހޭ އަހުލާގީ އަދި ސުލޫކީ މިންގަނޑުތަކާއި ގުޅޭ ގޮތުންނެވެ.

ފޯރަމްގެ ތެރެއިން– ފޮޓޯ: އަސްރަފް އަލީ

މި ސެޝަންތަކުގެ މައިގަނޑު މަގުސަދަކީ ލީޑަރުންގެ ގޮތުގައި މުޖުތަމައަށް ނިކުންނަ ޒުވާނުންނަކީ، އަހުލާގީ ގޮތުން ރަނގަޅު، އެހެން މީހުންނަށް އިހްތިރާމްކުރާ އަދި އެހެން މީހުންގެ އިހްތިރާމް ލިބޭ ބައެއްގެ ގޮތުގައި މުޖުތަމައުގައި ކުރިއަށް ދިއުމުގެ މުހިއްމުކަން އަންގާދިނުމެވެ.

މިސެޝަންތައް ނަގާދެއްވީ ދިވެހިބަހުގެ އެކަޑަމީއާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ފަރާތުން ބޭފުޅުންނެވެ. މިފޯރަމްގައި ކުޅުދުއްފުށީގެ ސްކޫލުތަކާއި ބައެއް ކޮލެޖްތަކުން ދަރިވަރުން ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355