twitterviber whatsapp telegramfacebookyoutube instagram
28th May 2025

މާއިންއަށް އެހީވުމަށް މާލެއިން ބޮޑު ތަރުހީބެއް، އެއްދުވަހުން 2 ލައްކައެއްހާ ރުފިޔާ !

Mar 31, 2018

އުމުރުން އެންމެ 11 އަހަރުގައި ދެ ކިޑްނީ ފެއިލްވެ، އިންޑިޔާގައި ފަރުވާ ހޯދަމުންދާ ހއ އިހަވަންދޫ، މީނާޒް/ މުހަންމަދު މާއިން މުސާއަށް ފަންޑު ހޯދުމުގެ ގޮތުން އިއްޔެ މާލޭގައި ހިންގި ހަރަކާތުން އެއްލައްކަ ދުވަދިހަ ދެ ހާހަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

ހެނދުނު 6 ން ހަވީރު 6 އަކަށް ހިންގި މިހަރަކާތުން ޖުމްލަ 192،558.85ރ ލިބިފައިވާކަމަށް މިހަރަކާތް ހިންގުމުގައި އުޅުނު ފަރާތުން މައުލޫމާތުދެ އެވެ.

މާއިންއަށް ފަންޑް ހޯދުމަށް މާލޭގައި ހިންގުނު ހަރަކާތުގައި އިސްކޮށް އުޅުނު ފަރާތްތަކެއްކަމަށްވާ ޝާއިރާ ކޭއޯއަށް މައުލޫމާތުދެމުން ބުނީ މާއިންއަށް ފަންޑު ހޯދުމަށް އިތުރު ހަރަކާތްތަކެއް މާލޭގައި ކުރިއަށްގެންދިއުމަށް ވިސްނަމުން އަންނަ ކަމަށެވެ.

މާއިންއަށް ފަންޑް ހޯދުމަށްޓަކާ މާލޭގައި އިއްޔެ ހިންގި ހަރަކާތްތަކުގެ ތެރެއިން–

ޝާއިރާ ބުނީ މާލޭގައި މިހަރަކާތުގައި އުޅެނީ އިހަވަންދޫއަށް ނިސްބަތްވާ ކުދިން ކަމަށާއި އޭގެ ތެރެއިން ގިނަ ކުދިންނަކީ ކިޔަވާ ކުދިންކަމަށްވުމުން ހަރަކާތްތައް ކުރިއަށްގެންދެވެން އޮންނަނީ ހަފްތާ ބަންދުގައި ކަމަށެވެ. ފަންޑުފޮށި ބަހައްޓައިގެން ނޫން ކަމުގައިވިޔަސް މާއިންނަށް އެހީވެވެން އޮތީ ކޮންކޮން ގޮތްތަކެއް ތޯ ބަލަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވިސްނާފައިވާ ކަމަށް އޭނާ ބުންޏެވެ.

މުހައްމަދު މާއިންގެ 2 ކިޑުނީ ފެއިލްވެފައިވުމުގެ ސަބަބުން މިވަގުތު ފަރުވާ ހޯދަމުން ދަނީ އިންޑިއާގައެވެ. މިބައްޔަށް ދާއިމީ ހައްލެއް ގެނެވެން އޮތީ ކިޑްނީ ޓްރާންސްޕުލާންޓްކުރުމުންކަމަށް ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ.

މާއިންއަށް ފަންޑް ހޯދުމަށްޓަކާ މާލޭގައި އިއްޔެ ހިންގި ހަރަކާތްތަކުގެ ތެރެއިން–

ހަފްތާއަކު ދެ ދުވަހު ޑައިލަސިސް ހަދަން ޖެހުމުގެ އިތުރުން މިކަމުގައި ސަބަބުން ދިމާވާ ތަފާތު ސިއްހީ މައްސަލަތަކަށް ވަނީ ފަރުވާކުރަން ޖެހިފަ އެވެ. މިއޮފަރޭޝަނަކީ ގިނަ އަދަދެއްގެ ފައިސާ ބޭނުންވާ ކަމަށްކަށް ވާތީ އާއިލާއިން ވަނީ އެހީތެރިކަމަށް އެދިފަ އެވެ.

މާއިންއަށް އެހީވުމަށް ފަންޑު ހޯދުމުގެ ހަރަކާތްތަކެއް ހިންގަނީ

މާއިންއަށް ފަންޑު ހޯދުމުގެ ތަފާތު ހަރަކާތްތަކެއް އިހަވަންދޫގައިވެސް ކުރިއަށްދާކަން ފާހަގަކުރެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355