twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބަހުގެ ހިދުމަތް ފަށަން އަނެއްކާވެސް އިތުރު ތާރީހެއް، މިފަހަރު މިއަހަރުގެ މެދެއްހާ ހިސާބުގަ

Apr 2, 2018

ކުޅުދުއްފުށީގައި ސްކޫލު ބަހުގެ ހިދުމަތްދޭ އެންމެ ފުރަތަމަ ސަރުކާރުން މަސައްކަތްކުރީ 2016 ވަނަ އަހަރު އެވެ. އެއަަހަރުގެ ޖޫންމަހު އިކޮނޮމިކް މިނިސްޓްރީގައި ރަސްމިއްޔާތެއް ބާއްވާ ކުޅުދުއްފުށީގައި ބަހުގެ ހިދުމަތް ފެށުމަށް މޯލްޑިވަސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ( އެމްޓީސީސީއާ) ހަވާލުކުރެވުނެވެ.

އެމްޓީސީސީއާ ހަވާލުކުރުމަށް ފަހު އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ތިން މަސް ދުވަހުގެ ތެރޭގައި ބަހުގެ ހިދުމަތް ކުޅުދުއްފުށީގައި ފެށިގެންދާނެ ކަމަށެވެ. ނަމަވެސް އެއަށްފަހު ކުއްލިއަކަށް އަޑުއިވިގެންދިޔައީ ބަހުގެ ހިދުމަތް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯޓް ލިމިޑެޓް(އެމްޕީއެލް)އާ ހަވާލުކޮށް، މިއަހަރުގެ ދިރާސީއާ އަހަރުގެ ކިޔެވުން ފެށެންވާއިރު ބަހުގެ ހިދުމަތް މިރަށުގައި ތައާރަފުކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބަހުގެ ހިދުމަތުގެ ވާހަކަ މަޑުޖެހިލާފަ އޮންނަތާ ދުވަސްކޮޅުފަހުން އަނެއްކާވެސް މިވަނީ ކުޅުދުއްފުށީގައި ބަހުގެ ހިދުމަތް ތައާރަފުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްޕީއެލް ހާމަކޮށްފަ އެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމް ދިން އިންޓަވިއުގައި އެމްޕީއެލްގެ އެސިސްޓެންޓް ސީއީއޯ ރާބިޙް މުހައްމަދު ވިދާޅުވީ، އެންމެ ފަސޭހައިން މި ހިދުމަތް ދެވޭނެ ގޮތްތަކަކީ ކޮބާތީ ބަލައި، ކުޅުދުއްފުށީ މަގުތަކަށް އެންމެ އެކަށީގެންވާ ސައިޒުގެ ބަސްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށީގައި ބަހުގެ ހިދުމަތްދިނުމަށް ފުރަތަމަ ބޭނުންކުރަން ހަމަޖެހިފައިވަނީ 20 ފަސިންޛަރުން އުފުލޭވަރުގެ ކުދި ބަސްތަކެއް ކަމަށެވެ.އަދި ހުޅުލޭ މާލޭ ބުރިޖްގައި ބަހުގެ ހިދުމަތް ދިނުމަށް ބޭނުންވާ ބަސްތައް ރާއްޖެ ގެންނައިރު ކުޅުދުށްފުށީގައި ބޭނުންކުރާނެ ބަސްތައްވެސް ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ރާބިޙް ވިދާޅުވި އެވެ

ކުޅުދުއްފުއްޓަށް ބޭނުންވާ ސްކޫލް ބަސްތައް މި އަހަރުގެ މެދެއްހާ ހިސާބުގައި ރާއްޖެ ގެނެސް، މިހިދުމަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ކުޅުދުއްފުށީގައި ފެށޭނެކަމަށްވެސް އެމްޕީއެލުން ހާމަކުރާއިރު ބަހުގެ ހިދުމަތުގެ އިންތިޒާރުގައި މިހާރުގެވެސް ގިނަ ރައްޔިތުންތަކެއް ތިބިކަން ފާހަގަކުރެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355