twitterviber whatsapp telegramfacebookyoutube instagram
24th April 2024

އަގުހެޔޮ ކަރަންޓް ބިލާއެކު ރައްޔިތުންނަށް ލުޔެއް !

Apr 2, 2018

މާލެއާއި އަތޮޅުތަކުގެ ކަރަންޓުގެ ހިދުމަތުގެ އަގުތަކުގައި ހުރި ތަފާތު ނައްތާލާ އެއް އަގެއްގައި ކަރަންޓްގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމާ އެކަން އިއުލާންކުރީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި އެވެ.

މިބަދަލާއެކު އަގުހެޔޮ ކަރަންޓް ބިލްތައް ގޭބިސީތަކަށް ލިބިފައިވަނީ އިއްޔެ އެވެ. ބިލްތައް އިއްޔެ ލިބިފައިވާއިރު ގިނަ ގޭބިސީތަކުގެ ބިލު ވަނީ ބޮޑުތަނުން ކުޑަވެފަ އެވެ.

” މިގެއަށް އާންމުކޮށް ކަރަންޓަށް އަރަނީ 900ރ. އެކަމަކު އިއްޔެ އައި ބިލުގައި ވަރަށް ބޮޑުތަން ހެޔޮ، 500ރ ބިލު ދައްކާލެވޭނެ.” ކުޅުދުއްފުށީގެ ރައްޔިތަކުން ބުންޏެވެ.

ކޭއޯއަށް މައުލޫމާތު ދިން ބައެއް ރައްޔިތުން ބުނީ ކަރަންޓް ބިލު ވަރަށް ބޮޑުތަނުން ކުޑަވެފައިވާ ކަމަށެވެ. މިއިން ޒަމާނަކުންވެސް ނުލިބޭހާ އަގުހެޔޮ ކަރަންޓް ބިލެއް މި ފަހަރު ލިބިފައިވާތީ، ސަރުކާރަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

މާރޗުމަހުން ފެށިގެން ކަރަންޓް ބިލް ކުޑަވާނެކަމަށް ފެނަކަ ކޯޕަރޭޝަނުންވެސް ވަނީ ބުނެފައިވެ އެވެ. ހާހެއް ރުފިޔާ ކަރަންޓް ބިލަށް މީގެ ކުރިން އަރަމުންދިޔަ ގޭބިސީތަކަށް މިދިޔަމަހުގެ ބިލަށް އަރާފައިވަނީ 500ރ އަށްވުރެ ކުޑަ އަދަދެކެވެ. ކަރަންޓް އާންމުކޮށް ގިނަ ބޭނުންކުރާ ގޭބިސީތަކުގެ ބިލަށްވެސް ވަނީ ހެޔޮ ބަދަލެއް އައިސްފަ އެވެ.

ކޭއޯއާ ވާހަކަދެއްކި ރައްޔިތުން ބުނެފައިވަނީ ކަރަންޓަށް މިއައި ހެޔޮ ބަދަލާއެކު ދިރިއުޅުމަށް ކުރަމުންއަންނަ ބޮޑު ހޭދައަށް ލުޔެއް ލިބިގެންގޮސްފައިވާކަމަށާއި މިކަމުގެ ސަބަބުން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީންއަށާއި ސަރުކާރަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

ކަރަންޓްގެ އަގަށް ސަރުކާރުން ގެނައި ބަދަލާއެކު ކުރިން ޔުނިޓަކަށް ނަގަމުން އައި 3 ރުފިޔާގެ ބަދަލުގައި ކަރަންޓް ޔުނިޓަކަށް ދެން ނަގަމުން އަންނާނީ 1.5 ރުފިޔާއެވެ. އެޕްރީލް މަހުގެ ކަރަންޓު ބިލުން 100 ޔުނިޓް ބޭނުންކުރާނަމަ 32 އިންސައްތަ ކުޑަވެގެންދާނެކަމަށް ފެނަކައިން ބުނެއެވެ.

އަދި 200 ޔުނިޓް ބޭނުންކުރާ ގޭބިސީތަކުގެ ބިލުން 35 އިންސައްތަ އަދި 300 ޔުނިޓް ބޭނުންކުރާ ގޭބިސީތަކުގެ ބިލުން 36 އިންސައްތައާއި 400 ޔުނިޓް ބޭނުންކުރާނަމަ އެޕްރީލް މަހުގެ ބިލުން 34 އިންސައްތަ ކުޑަވެގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ. މީގެއިތުރުން 400 ޔުނިޓަށްވުރެ މަތިން ބޭނުންކުރާ ފަރާތްތަކުގެ ބިލުން 400 އަށްވުރެ ގިނަ ރުފިޔާ ކުޑަވާނެކަމަށްވެސް ފެނަކައިން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355