މިހާރަކަށް އައިސް ވަރަށް މަދުން ރާއްޖެއިން ފެންނަ މޭވާއެއްކަމުގައިވާ އަތަ އަކީ ހަމަ އެކަނި ރަހަމީރު މޭވާ އެއް ނޫނެވެ. އެއީ ސިއްޙަތަށް ފައިދާހުރި އެތައް މާއްދާތަކަކުން މުއްސަނދިވެފައިވާ މޭވާއެއްވެސް މެއެވެ.
ފޮނި ރަހަދޭ މި މޭވާ އަކީ ވިޓަމިން އޭ އިން މުއްސަނދިވެފައިވާ މޭވާ އެކެވެ. ވިޓަމިން އޭ އަކީ ގައިގެ ހަން ގަނޑު ދުޅަހެޔޮ ކަންމަތީ ބެހެއްޓުމަށާއި ބޮލުގެ އިސްތަށިގަނޑު ވަރުގަދަ ކޮށް ބެހެއްޓުމަށް އެހީވެދޭ މާއްދާ އެކެވެ.
ހަށިގަނޑުގައި އުފެދޭ ޓިއުމަރާއި ގިނަ ވައްތަރުގެ ކެންސަރުން ސަލާމަތް ކޮށްދިނުމުގެ އިތުރުން ޗިސްމޭ އަދި ބޮޑު ގޮހޮރުގެ ބަލިތަކުން ރައްކާތެރިކޮށްދޭ މާއްދާއެއް ވެސް މިމޭވާގައި އެކުލެވިގެން ވެއެވެ.
އަޅުގަނޑުމެން ތެރޭގައި ބަރުދަން އިތުރު ކުރަން ބޭނުންވާ އެތައް ބަޔަކުވެސް ދިރިއުޅެމުން ގެންދެއެވެ. އެފަދަ މީހުންނަށް މިއީ ވަރަށް ރަނގަޅު މޭވާ އަކަށް ވެގެން ދާނެއެވެ.
ސްޓްރެސް، ޓެންސަން އަދި ޑިޕްރެސަން ފަދަ ސިކުނޑީގެ ބަލިތަކަށްވެސް ވަރަށް ރަނގަޅު މިމޭވާއަކީ ގިނަ އަދަދަކަށް ވިޓަމިން ސީ ވެސް އެކުލެވޭ މޭވާ އެކެވެ. ވިޓަމިން ސީ އަކީ ނުރައްކާތެރި ރޭޑިއޭޝަންތަކުން ހަށިގަނޑު ރައްކާތެރި ކުރުމަށް ވަރަށް މުހިންމު ވިޓަމިން އެކެވެ.