twitterviber whatsapp telegramfacebookyoutube instagram
28th May 2025

ރައްޔިތުން އެއްފަރާތްކޮށް، ދިއްދޫ ބޮޑުމަގުގައި ޑިވައިޑަރުލުމުގެ މަސައްކަތް ފަށައިފި

Apr 3, 2018

ހއ ދިއްދޫ ބޮޑުމަގުގައި ފުޅާ، ރޯޑްޑިވައިޑަރެއް ޖަހާތީ އެކަމާ ރައްޔިތުން ހިތްހަމަނުޖެހުންފާޅުކުރަން ފެށުމުން ފުލުހުން މެދުވެރިކޮށްކޮށް މަގު ބަންދުކުރުމަށްފަހު ޑިވައިޑަރު ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.

ދިއްދޫ ބޮޑުމަގުގައި މީގެ ކުރިންވެސް 2 ފޫޓްގެ ޑިވައިޑަރެއް ޖެހުމަށްފަހު ކައުންސިލުން އެދިގެން ހައުސިންގ މިނިސްޓްރީން ވަނީ އެ ޑިވައިޑަރު ނަގާފަ އެވެ. އޭރު ޑިވައިޑަރުތައް ނެގީ މަގު ބޭނުންކުރާ ފަރާތްތަކުން ކައުންސިލުންގައި ޝަކުވާކުރުމުން ކައުންސިލުން އެމައްސަލަ މިނިސްޓްރީގައި އެދިގެން، މިނިސްޓްރީނެވެ.

ނަމަވެސް އަލުން އަނެއްކާވެސް މިއަދު އެމަގުގައި ޑިވައިޑަރު ޖަހަން އުޅުމުން، ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ އެސަރަހައްދަށް ގޮސް ހިތްހަމަނުޖެހުންފާޅުކުރަން ފަށާފައި އެވެ. ދިއްދޫން ވާހަކަ ދެއްކި މީހަކު ބުނީ ދިއްދޫ ބޮޑު މަގުގައި މިފަހަރު ޖެހުމަށް މަސައްކަތް ކުރަނީ ހަ ފޫޓްގެ ޑިވައިޑަރެއްކަމަށާއި އެކަމުގެ ސަބަބުން މަގު އެތައްތަނެއް ހަނިވެ، ދުއްވާ އެއްޗެއްސަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

ދިއްދޫ ބޮޑުމަގުގައި ޑިވައިޑަރު ލުމުން މަގު ހަނިވާތީ ރައްޔިތުން އިހްތިޖާޖުކުރަނީ–

50 ފޫޓްގެ އެމަގުގައި ދެ ފަރާތުން ސާދަ ފޫޓް ދެ ޕޭވްމަންޓް ނަގާފައި ހަ ފޫޓްގެ ޑިވައިޑަރެއް މަގުގެ މެދުގައިލުމުން ވަރަށް ބޮޑަށް މަގު ހަނިވެގެންދާނެތީ އެކަމާ ހިތްހަމަނުޖެހިގެން އިހްތިޖާޖުކުރަނީ ވަކި ސިޔާސީ ފިކުރަށް ތާއިދުކުރާ ބައެއް ނޫން ކަމަށް އޭނާ ބުންޏެވެ. އެކަމުގައި އެންމެ އިިސްކޮށް އުޅެނީ ޑްރައިވަރުންނާއި ޒުވާނުން ކަމަށް އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ ފުލުހުން ބޭނުންކޮށްގެން ރައްޔިތުން އެސަރަހައްދުން ދުރަށްގެންގޮސް، މަގު ބަންދުކޮށް. ޑިވައިޑަރުލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މިކަމުގެ ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް ކަމަށްވެސް އޭނާ ބުންޏެވެ.

އިހްތިޖާޖުކުރި ފަރާތްތަކުން ދުރުކޮށް، މަގުގައި ޑިވައިޑަރުލުމުގެ މަސައްކަތް ކުރަނީ–

މިކަމާ ގުޅިގެން ހައުންސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިޒް މިއަދު ކުރެއްވި ޓްރީޓެއްގައި ވިދާޅުވެފައިވަނީ ދިއްދޫގެ މަގުގެ މަޝްރޫއު ހުއްޓުވުމަށް ގެނެސް، ރައްޔިތުންގެ ތަރައްގީއަށް ހުރަސް އަޅައިގެން ތިބުމުގެ ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި އެލްޖީއޭ އާއި ފުލުހުންގެ އެހީތެރިކަމާއެކު އިދިކޮޅު ފަރާތްތައް އެއްކައިރިކޮށްފަވިޔަސް ތަރައްގީ ގެންނާނެކަމަށެވެ.

HA.Dhihdhoo ge maguhedhumuge mashroou huttuvumakah genes, rayyithunge tharagee ah huras alhaigen thibumuge furusath nudhee, LGA aa @PoliceMv ge eheetherikamaa eku idhikolhu faraaithah ekkairi koffainamaves tharaggee kuriyah gendhaane vaahaka dhannavan!

— Dr.Mohamed Muizzu (@MMuizzu) April 2, 2018

އެމްއާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއުގައި މަގު ހެދުމުގެ އަމަލީ މަސައްކަތް ކުރަނީ ލަންކާގެ ސިއޭރާ ކުންފުންޏާ އެވެ.

އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ މަގުތައް ހަދާ ގޮތުން ރައްޔިތުންގެ ފާޑުކިޔުންވަނީ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355