twitterviber whatsapp telegramfacebookyoutube instagram
18th April 2026

ޤުރުއާން މުބާރާތުގެ ބައިވެރިންނަށް މަކުނުދޫން ރަތްދޫލައިގެ ހޫނު މަރުހަބާއެއް

Apr 5, 2018

ހދ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތް މިއަދު އެއަތޮޅު މަކުނުދޫގައި ފަށާއިރު މުބާރާތުގެ ބައިވެރިންނާއި އޮފިޝަލް މިހާރުދަނީ މަކުނުދޫއަށް އަންނަމުންނެވެ.

މުބާރާތުގެ ބައިވެރިން މިހާރު މަކުނުދޫއަށް އަންނަމުންދާއިރު އެފަރާތަކަށް މަކުނުދޫން ދަނީ ރަތްދޫލައިގެ ހޫނު މަރުހަބާއެއް ކިޔަމުންނެވެ. ގިނަ ރަށްތަކެއްގެ ދަރިވަރުންނާއި އޮފިޝަލު މިއަދު މެންދުރު ކުރީގައިވަނީ މަކުނުދޫއަށް އައިސްފަ އެވެ.

މަކުނުދޫން ބައިވެރިންނަށް ފުރަތަމަވެސް މަރުހަބާ ދަންނަވަނީ ކައުންސިލްގެ ރައީސް މުހަންމަދު ޝާކިރެވެ. އަދި މީގެ އިތުރުން މަކުނުދޫގެ މުވައްސަސާތަކުގެ ވެރިންނާއި ރައްޔިތުންނެވެ. ޤުރުއާން މުބާރާތަށްޓަކާ ރަށު ތެރެ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައިކަން ފާހަގަކުރެވެ އެވެ.

އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވެނީ ބަނދަރު ސަރަހައްދެވެ. ޤައުމީ ދިދަ އާއި ޤައުމީ ކުލަތަކުން މުޅި ބަނދަރު ސަރަހައްދު ޒީނަތްތެރިކޮށްފައިވާއިރު ފަޅުތެރެ އާއި ރަށު ތެރޭގައިވެސް ވަނީ ބެނާ ދަމާ ޤައުމީ ދިދަ އިން ޒީނަތްތެރިކޮށްފަ އެވެ.

ޤުރުއާން މުބާރާތް މިއަދު ހަވީރު ފަށާއިރު މި މުބާރާތުގައި ހދ އަތޮޅުގެ 11 ރަށަކުން 128 ދަރިވަރުން ބައިވެރިވެފައިވެފައިވެ އެވެ.

ހަބަރާ ގުޅޭ އިތުރު ފޮޓޯތައް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355