twitterviber whatsapp telegramfacebookyoutube instagram
15th August 2026

128 ދަރިވަރުންނާއެކު ހދ އަތޮޅު ޤުރުއާން މުބާރާތް މަކުނުދޫގައި ފަށައިފި

Apr 5, 2018

128 ދަރިވަރުންނާއެކު ހދ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތް ފަށައިފި އެވެ.

މިކަމަށްޓަކާ މިއަދު ހަވީރު މަކުނުދޫ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިމުބާރާތް ފައްޓަވައިދެއްވީ ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފެވެ.

މިއަހަރުގެ މުބާރާތުގައި ހދ އަތޮޅުގެ 11 ރަށަކުން ދަރިވަރުން ބައިވެރިވެފައިވާއިރު މުބާރާތުގައި ބައިވެރިވެފައިނުވަނީ ހަމައެކަނި ފިނޭ އާއި ހިރިމަރަދޫ އެވެ.

ތިން ދަންފަޅިއަށް ބަހާލައިގެން ކުދިން ކިޔަވުން ކުރިއަށްދާއިރު މުބާރާތް ނިމޭނީ ހޮނިހިރު ދުވަހު އެވެ.

މަކުނުދޫގައި މިއަދު ފެށި ހދ އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިންތަކެއް–

ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި ތަޖުވީދުމަގުން ކިޔެވުމަށް ހިތްވަރުދިނުމާއި އަދި ކީރިތި ޤުރްއާން ކިޔެވުމުގެ އިލްމާއި ފަންނު ކުދިންގެ ހިތްތަކުގައި އާލާކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

ޤުރުއާން މުބާރާތަށް ބައިވެރިން މިއަދު މަކުނުދޫއަށް ދިއުމުން އެރަށުގެ ރައްޔިތުންގެ ފަރާތުންކީ ރަތްދޫލައިގެ ހޫނު މަރުހަބާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355