twitterviber whatsapp telegramfacebookyoutube instagram
27th May 2025

ޖަމްބަލު ސޭލެއް ބާއްވާ ލައްކައަކަށްވުރެ ގިނަ ރުފިޔާ ބެލެނިވެރިން ހޯދައިދީފި

Apr 7, 2018

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި އިއްޔެ ބޭއްވި ޖަމްބަލް ސޭލުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ބެލެނިވެރިން ހޯދައިދީފި އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭއިން އިންތިޒާމުކޮށް އިއްޔެ ކުރިއަށްގެންދިޔަ މި ޖަމްބަލް ސޭލުން ޖުމްލަ 118،000ރ ވަނީ ލިބިފަ އެވެ.

އިއްޔެ މެންދުރުފަހު ބޭއްވި މި ޖަމްބަލު ސޭލުގައި ތަރުކާރީ އާއި މޭވާ، އަންނައުނު، އަދި ގޭތެރޭ ހިފާގެންގުޅޭ ސާމާނާއި ހެދިކާގެ އިތުރުން ތައްޔާރީ ކާނާ ވިއްކާފައިވެ އެވެ.

ޖަމްބަލު ސޭލުގެ ތެރެއިން، ހދ އޭއީސީގެ ޕްރިންސިޕަލް ޝަހީދާ އަލީ–ފޮޓޯ: ހދ އޭއީސީ

ޕީޓީއޭ އިން އިންތިޒާމުކޮށްގެން ފަންޑަށް ފައިސާ ހޯދުމަށް ކޮންމެ އަހަރަކުވެސް ކުޅުދުއްފުށީ ސްކޫލުތަކުގައި މިފަދަ ހަރަކާތްތަކެއް ބާއްވަ އެވެ. މިގޮތަށް ހޯދާ ފައިސާ ގިނައިން ހަރަދުކުރަނީ ދަރިވަރުންގެ ކުރިއެރުމަށް ހަރަދުކުރުމަށެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި މިއަހަރު މިއަހަރު 1300 ވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމް ހާސިލްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355