twitterviber whatsapp telegramfacebookyoutube instagram
28th March 2024

ހދ އަތޮޅު ޤުރުއާން މުބާރާތް ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ވައިކަރަދޫން ކާމިޔާބުކޮށްފި

Apr 8, 2018

ހދ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ރަންވަނަތައް މިއަހަރުވެސް ވައިކަރަދޫން ހޯދައިފި އެވެ. މިއީ މިމުބާރާތް ޖެހިޖެހިގެން ވައިކަރަދޫ ކާމިޔާބުކުރި ފަސްވަނަ އަހަރެވެ.

މުބާރާތުގެ ނަތީޖާފާޅުކުރުމަށް ރޭ މަކުނުދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޤައުމީ ޔުނިވަރސިޓީ ކުޅުދުއްފުށީ ކެމްޕަސް މެނޭޖަރު އިބުރާހިމް މުހައްމަދެވެ.

ހދ އަތޮޅުގެ 11 ރަށަކުން 128 ދަރިވަރުން މިމުބާރާތުގައި ވާދަކޮށްފައިވާއިރު އެއްވަނަ ހޯދާ މުޅި މުބާރާތް ކާމިޔާބުކޮށްފައިވަނީ ވައިކަރަދޫން އެވެ. ދެވަނަ ކުޅުދުއްފުށީ ހޯދާފައިވާއިރު ތިންވަނަ ކާމިޔާބުކޮށްފައިވަނީ ނޮޅިވަރަން އެވެ.

މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން:-

އެއްވަނަ – ފައިހާ އަބުދުﷲ ޢަޤީލް، ފަލްކަމް/ ވައިކަރަދޫ

ދެވަނަ – ފާތިމަތު ނިހާލް މުހަންމަދު، ކަސްމީރުވާދީ/ ވައިކަރަދޫ

ތިންވަނަ – މުހައްމަދު އައްމާރު އަހުމަދު ނަސީމް، ސްނޯރޯސް/ ނެއްލައިދޫ (ކުޅުދުއްފުށި)

މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން:-

އެއްވަނަ – ރާޔާ އަންވަރު، ގ.ނިޔާމަ/ ކ.މާލެ (މަކުނުދޫ)

ދެވަނަ – އަހުމަދު އަރުޝަމް، ގުރަހާތަރި/ ވައިކަރަދޫ

ތިންވަނަ – މަލަކާ މުހައްމަދު ހަބީބު، ޒެންބިއާ/ މަކުނުދޫ

މުޅި މުބާރާތުން އެންމެ މޮޅު 15 ދަރިވަރުންވެސް ވަނީ ހޮވައި ޓްރޮފީ ހަވާލުކޮށްފަ އެވެ. އެ 15 ދަރިވަރުންގެ ތެރޭގައި ނުބަލާ ކިޔެވުމުގެ ގޮފިން 7 ދަރިވަރަކު އަދި ބަލައިގެން ކިޔެވުމުގެ ގޮފިން 8 ދަރިވަރަކު ހޮވާފައިވެ އެެވެ.

ނުބަލާ ކިޔެވުމުގެ ގޮފިން ގަދަ 15 ގައި ހިމެނުނު 7 ދަރިވަރުންނަކީ:-

ފައިހާ އަބުދުﷲ އަގީލް، ފަލްކަމް/ ވައިކަރަދޫ

ފާތިމަތު ނިހާލު މުހަންމަދު، ކަސްމީރުވާދީ/ ވައިކަރަދޫ

މުހައްމަދު އައްމާރު އަހުމަދު ނަސީމް، ސްނޯރޯސް/ ނެއްލައިދޫ(ކުޅުދުއްފުށި)

މާޔާ މުހައްމަދު، ގަހާ/ ނޮޅިވަރަން

އާއިޝަތު އީލާފް އަލީ ނަސީދު، ރޯޝަނީއާގެ/ މަކުނުދޫ

އަހުމަދު އަތޫފް މުހައްމަދު، ފަސްތަރި/ ކުޅުދުއްފުށި

ޝައްމާ މުހައްމަދު، ގަހާ/ ނޮޅިވަރަން

ބަލައިގެން ކިޔެވުމުގެ ގޮފިން ގަދަ 15 ގައި ހިމެނުނު 8 ދަރިވަރުންނަކީ:-

ރާޔާ އަންވަރު، ގ.ނިޔާމަ/ ކ.މާލެ (މަކުނުދޫ)

އަހުމަދު އަރުޝަމް، ގުރަހާތަރި/ ވައިކަރަދޫ

މަލަކާ މުހައްމަދު ހަބީބު، ޒެންބިއާ/ މަކުނުދޫ

މަރްޔަމް ސިދުރާ ޝަފީޤް، ކަނބުރު/ ވައިކަރަދޫ

ފާތިމަތު ރިފްދާ، ހިރި/ ހއ ކެލާ(ހަނިމާދޫ)

ރާއިދާ މުސާ، އެލްޕާސޯ/ ކުމުންދޫ(ކުޅުދުއްފުށި)

މަރްޔަމް އިބާ، އެނގަކުރި/ ހަނިމާދޫ

ރަނާ އިބުރާހިމް، ޑިޒާރވް/ މަކުނުދޫ

ވަކިވަކި އުމްރުފުރާތަކަށްވެސް ދެގޮފިން ވަނީ ވަނަ ހޮވައި ޓްރޮފީ ހަވާލުކޮށްދީފަ އެވެ. މިރަސްމިއްޔާތުގައި ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފްއާއި އެކައުންސިލްގެ ވެރިންނާއި މަކުނުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު އަދި މަކުނުދޫގައި ހުރި ސަރުކާރު މުވައްސަސާތަކުގެ ވެރިންގެ އިތުރުން ހދ އަތޮޅުގެ ރަށްރަށުގެ ކައުންސިލަރުންނާއި ބައެއް ޕްރިންސިޕަލްގެ އިތުރުން ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެފައިވެ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355