އަފީފުއްދީން ސްކޫލުން މަސައްކަތު ދުވަހެއް ފާހަގަކޮށް 85 ހާހައްވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ.
ބެލެނިވެރިން ޖުމްލަ 20 ގްރޫޕަކަށް ބަހާލައިގެން އިއްޔެ ކުރިއަށް ގެންދިޔަ މި މަސައްކަތު ދުވަހުން ޖުމްލަ 85،805 ރުފިޔާ ހޯދާފައިވާއިރު މިއީ އެ ސްކޫލުގެ ޕީޓީއޭއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެެވެ.
މަސައްކަތު ދުވަހުން އެންމެ ގިނަ ރުފިޔާ ގްރޫޕް 10 ން ހޯދާފައިވާއިރު އެ ގްރޫޕުން ލިބިފައިވަނީ 7،878 ރުފިޔާއެވެ. ދެވަނަ އަށް އެންމެ ގިނަ ރުފިޔާ ހޯދާފައިވަނީ ގްރޫޕް 2 ންނެވެ. އެއީ 6،525 ރުފިޔާއެވެ. 5،270 ރުފިޔާ ހޯދައިގެން 3 ވަނައާށް އެންމެ ގިނަ ރުފިޔާ ހޯދާފައިވަނީ ގްރޫޕް 1 ނެވެ.
މީގެ އިތުރުން މުވައްޒަފުންގެ ފަރާތުންވެސް 3،770 ރުފިޔާ ވަނީ ލިބިފައެވެ.
މަސައްކަތު ދުވަހުން ލިބުނު ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ދަރިވަރުންނާއި ގުޅުން ހުރި އެކި ހަރަކާތްތަކުގައި ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.