twitterviber whatsapp telegramfacebookyoutube instagram
15th August 2026

ކުޅުދުއްފުށީގައި ގާއިމުކުރާ ފުޅީގައި ފެން ބަންދުކުރާ ކާރުހާނާގެ ވަޒީފާތަކަށް ހުޅުވާލައިފި

Apr 10, 2018

ކުޅުދުއްފުށީގައި ގާއިމުކުރާ ފުޅީގައި ފެން ބަންދުކުރާ ކާރުހާނާ (ބޮޓަލިންގ ޕްލާންޓް)ގެ ވަޒީފާތަކަށް ހުޅުވާލައިފި އެވެ.

އައިލެންޑް ބެވަރެޖަސް މޯލްޑިވްސް(އައިބީއެމް) ކުރި އިއުލާނުގައިވާގޮތުން ކުޅުދުއްފުށީ ފެން ޕްލާންޓަށް 15 މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވެ އެވެ. އެކުންފުނި ހޯދަން އިއުލާންކޮށްފައިވަނީ އޮޕަރޭޝަން އޮފިޝަރަކާއި އެސިސްޓެންޓް ކޮލިޓީ އޮފިޝަރަކާއި ސޭލްސް މާކެޓިންގ އެސިސްޓެންޓަކާއި ސްޓޯރ އެސިސްޓެންޓެކެވެ.

އިތުރު ވަޒީފާތަކަށް ބަލާލާއިރު ހަތަރު މެޝިން އޮޕަރޭޓަރުންނާއި އެއް ޑްރައިވަރެއް އަދި 6 ލޭބަރުން ހޯދުމަށް އިއުލާންގައިވެ އެވެ. ވަޒީފާގެ މުސާރަގެ ގޮތުގައި 12000ރ ފެށިގެން 5،500ރ ދޭތެރޭގެ މުސާރައެއް ހިމެނެ އެވެ. އަދި އިތުރު ގަޑީގެ އެލަވަންސްއާއި އަހަރީ ބޯނަސްގެ ހިމެނެ އެވެ.

މިވަޒީފާތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ މިމަހު 19 ވަނަ ދުވަހުގެ ހަވީރު 16:30 ގެ ކުރިންނެވެ. މިވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއާ ބެހޭ ފޯމް ފުރުމަށްފަހު [email protected] ނުވަތަ ކުޅުދުއްފުށީގައި ހުންނަ އެމްޑަބުލިއުއެސްސީގެ ފުރޮންޓް އޮފީހަށް ހުށަހެޅުވުން އެދެމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355